އިސްރާއީލްގެ އަނިޔާވެރިކަމާއި، ހައްދުފަހައަނައަޅާފައިވާ އަމަލުތައް ކޮންމެ ދުވަހަކު ވެސް ދުނިޔެއަށް ދަނީ ފެންނަމުންނެވެ. މިއަދު ވެސް އެކަން ވަނީ ތަކުރާރު ވެފައެވެ.

މިއަދު އިސްރާއީލުން ހިފާފައިވާ ރާމަﷲ ގެ ސަރަހައްދެއްގައި ހުރި އިސްރާއީލް ސިފައިންގެ ޗެކް ޕޮއިންޓެއް ކައިރިން ފަލަސްތީންގެ މެދު އުމުރުގެ އަންހެނެއްގެ ގަޔަށް އިސްރާއީލް ސިފައިން ވަނީ ބަޑި ޖަހާފައެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖެހީ އޭނާ އިސްރާއީލް ސިފައިންނަށް ހަމަލާ ދޭން އުޅޭކަމަށް ޝައްކު ކުރެވިގެންނެވެ. އިސްރާއީލްގެ ސިފައިން ހީކުރީ އަންހެން މީހާގެ އަތުގައި ވަޅިއެއް އޮތް ކަމަށެވެ. އަދި އޭނާ އުޅުނީ ސިފައިންނަށް ހަމަލާ ދޭން ކަމަށެވެ.

ނަމަވެސް ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާގެ ގަޔަށް ބަޑި ޖަހާ ޒަހަމް ކޮށްލުމަށް ފަހު އޭނާގެ ކައިރިއަށް އިސްރާއީލް ސިފައިން ގޮސް ބެލިއިރު އަންހެން މީހާގެ އަތުގައި ވަޅިއެއް ނެތެވެ.

އިސްރާއީލް ސިފައިން ހަމަލާ ދިނުމުން ޒަހަމްވެފައިވާ އަންހެން މީހާ އަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލަތާއި ބެހޭ މައުލޫމާތެއް އަދި ނުލިބެއެވެ.

ހަތިޔާރެއް ނެތި އުޅޭ ފަލަސްތީންގެ ކުޑަކުދިންނާއި އަންހެނުންނަށް ވެސް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލްގެ ސިފައިން އާއްމުކޮށް ހިންގަމުން އަންނަ ޖަރީމާއެކެވެ. ނަމަވެސް މިފަދަ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ވަނީ ފެއިލް ވެފައެވެ.

އިސްރާއީލްގެ އާއްމު އިންތިޚާބު އިއްޔެ ބާއްވާފައި ވާއިރު އިންތިޚާބުގައި ބޮޑެތި ޕާޓީތަކުގެ މައިގަނޑު ވައުދަކަށް އޮތީ މިހާރަށް ވުރެ ވެސް ބޮޑަށް ފަލަސްތީން ރައްޔިތުންގެ މައްޗަށް ހަރުކަށިކަން ދެއްކުމެވެ. އެހެންކަމުން ކޮންމެ ޕާޓީއަކުން ސަރުކާރުން އެކުލަވާލި ނަމަވެސް ފަލަސްތީން ރައއްޔިތުންނަށް ލުއި ގޮތްތަކެއް ވެދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނުލަފާ

    ޖަނަވާރު ޔަހޫދީން.

    72
  2. Anonymous

    މުސްލިމަކު ތިކަމުގެ ބަދަލުގައި ހަމަލާ ދީފި ކަމުގައި ވަނީނަމަ އެމީހަކު ވާނީ ޓެރަރިސްޓަކައް ހައްދު ފަހަނަ އެޅި މީހަކައް. މުސްލިމުންގެ ދީފާއުގައި ނުކުންނަ ކޮންމެ މީހަކު ވާނީ ޓެރަރިސްޓަކައް. މާތްﷲ އެއުޚްތާއައް ޖައްނަތުލް ފިރްދައުސް ދެއްވަވައި ފާފަ ފުއްސަވައި ދެއްވައިފާދޭވެ. އާމީން

    23
  3. ހުދުހުދު

    ޔާﷲ ޔަހޫދީންގެ ކިބައިން ފަލަސްތީނުގެ މުސްލިމުން ރައްކަަތެރި ކުރައްވާދޭ

    23
  4. ޟަގޭ

    މިތަނަށް ހަގުރާމައަށް ދާން ނުޖެހޭބާ މުސްލިމުންނަށް... މިއަށް ޖަވާބެއް ދެއްވަބަލަ

    18
  5. ދެރަވޭ

    އެބައި މީހުންގެ އަނިޔާވެރިކަން ނުދަންނަނީ ސައުދީ ވެރިންނާ މިގައުމުގެ ވެރިންނާ ޑިމޮކްރަސީ އަށް ގޮވާ އަޅުންނެވެ.

    18
  6. Anonymous

    ކޮބާ މުސްލިމު އަހުން ކޮބާ މި އުއްމަތުގެ ޒުވާނުން ކޮބާ ﷲ މަގުގައި ޖިހާދު ކޮށް ޝަހީދު ވާން ބޭނުންވާ މުޖާހިދުން

    19
  7. ހމމ

    މިވެސް ޖަނވާރަކަށް ކުރި ކަމެއްނަމަ މުޅި ދުނިޔެ ހީވާނީ އެހންފދަ ކމެއް ހެން. މީޑިއާ ދައްވެސް. ފާޑު ފާޑުގެ ރައިޓުސް ކޮމިޝަން ތަކުން ތަހިގީގުކޮށް. ﷲ މާއި ކުރެއްވި އިންސާނުން ނަކީ އެއްވެސް ބައެއްނޫން. އިންސާނުން ނަށްވުރެ ޖަނަވާރުންގެ އިއްޒަތާ އަބުރު މާ މަތިވެރި ޒަމާނެއްމީ.

    11
  8. ހަމަހަމަ

    ކޮންމެ މައް ސަލައެއް ސް ހައްލުކުރޭވޭނީ އެ މައް ސަލަ އުފެދޭ ސަބަބު ހައްލުކޮށްގެން. ތި ފެންނަނީ އެކިޔާ ޓެރަރިޒަމް އުފެދޭ އަ ސްލު ސަ ސަބަބު.

    މީހުން އޮރިޔާންކޮށްގެން ރަނގަޅެއް ނުވާނެ، ވިއްޔާ ވާނީ އިތުރައް ގޯ ސް.

  9. Anonymous

    ﷲ މަގުގައި ޖިހާދް ކުރުން ވަނީ ފަރްޞް ޢަޢިނަކައް ވެފަ. ޢެހެންވީމާ މުސްލިމް މުޅި އުންމަތުގެ މައްޗައް މިވަނީ ޖިހާދް ވާޖިބްވެފަ. ބަޔަކު ނުރުހުނު ކަމުގައި ވިޔަސް ވާޖިބް. ޢަދި ނުކުންނަ މީހާ އަކީ ހައްދު ފަހަނަ އެޅި ޓެރަރިސްޓެކޭ ބުންޏަސް އެއްވެސް ޖެހިލުމެއް ނެތް. ޢިބްނު ތައިމިޔާ ވިދާޅުވަނީ ހައްގު މަގުގައި ތިބި މީހުންނަކީ ޚަވާރިޖުން ކަމުގައި ބާތިލް ފަތުރާ މީހުން ފަތުރަމުންދޭ. މަޖްމޫ ފަތުވާ