މިއަދު އިސްރާއީލުން ހިފާފައިވާ ރާމަﷲ ގެ ސަރަހައްދެއްގައި ހުރި އިސްރާއީލް ސިފައިންގެ ޗެކް ޕޮއިންޓެއް ކައިރިން ބަޑި ޖަހާ މިއަދު ޒަހަމްކޮށްލި ފަލަސްތީންގެ އަންހެން މީހާ ޝަހީދުވެއްޖެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ ޝަހީދުވީ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުންނެވެ.

އިސްރާއީލް ސިފައިން އޭނާ އަށް ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު އޭނާ މަގުމަތީ ބާއްވާފައި ދިޔައީ ކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނެއެވެ.

ޝަހީދުވި އަންހެން މީހާ އަކީ 50 އަހަރުގެ އަންހެނެކެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖެހީ އޭނާ އިސްރާއީލް ސިފައިންނަށް ހަމަލާ ދޭން އުޅޭކަމަށް ޝައްކު ކުރެވިގެންނެވެ. އިސްރާއީލްގެ ސިފައިން ހީކުރީ އަންހެން މީހާގެ އަތުގައި ވަޅިއެއް އޮތް ކަމަށެވެ. އަދި އޭނާ އުޅުނީ ސިފައިންނަށް ހަމަލާ ދޭން ކަމަށެވެ.

ނަމަވެސް ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާގެ ގަޔަށް ބަޑި ޖަހާ ޒަހަމް ކޮށްލުމަށް ފަހު އޭނާގެ ކައިރިއަށް އިސްރާއީލް ސިފައިން ގޮސް ބެލިއިރު އަންހެން މީހާގެ އަތުގައި ވަޅިއެއް ނެތެވެ.

ހަތިޔާރެއް ނެތި އުޅޭ ފަލަސްތީންގެ ކުޑަކުދިންނާއި އަންހެނުންނަށް ވެސް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލްގެ ސިފައިން އާއްމުކޮށް ހިންގަމުން އަންނަ ޖަރީމާއެކެވެ. ނަމަވެސް މިފަދަ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ވަނީ ފެއިލް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިލާ

    މުސްލިމުންގެ އަމިއްލަ ޤައުމުގަ މުސްލިމުންގެ ލޭ އޮހޮރުވާ ކޯރުދެމެމުންދާއިރު މުސްލިމު އުއްމަތުގެ ޒިންމާ ކޮބާ! ހިތްފަޅައިގެން ދާވަރުވޭ! ކެތްތެރިކަން ދެއްވާ ދަރުމަ އިތުރުކުރައްވާންދޭވެ...

    19
  2. އުހުތެއް

    ކޮބާ މުސްލިމުން ތައް...... އަހަރުމެން ގެ މަންމައެއްް އެއޮތީ ބަޑިޖަހާ ޝަހީދު ކޮށްލާފާ.... ކޮބާ މުސްލިމު އަހުން އަދޭސްކުރަން

    18
  3. ބޯބުރި

    އެމީހުންގެ އެކުވެރިން ނަކީ އަހަރެމެންގެ އެކުވެރިންނަށް ވެސް ހަދައިފި އެއްނު

  4. Anonymous

    ޖިހާދު ކުރުން އަދިވެސް ވާޖިބެއްނުވަނީތޯ