ފަލަސްތީނު ރައްޔިތުން އިސްރާއީލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި، ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއިލް ސިފައިން ބަޑިން ޙަމަލާ ދިނުމުގެ ސަބަބުން، މިހާތަނަށް 780 މީހުން ޒަޚަމްވެފައިވާއިރު، އޭގެތެރެއިން 28 މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދެމުންދާ ޙަމަލާތަކުގައި ޒަޚަމްވެގެން އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި ނޫސްވެރިއަކުވެސް ހިމެނޭއިރު، ޝަހީދުވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި 31 ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީނުގެ ޣައްޒާގައި ހުކުރު ނަމާދަށްްފަހު އިސްރާއީލާއި ދެކޮޅަށް އަޑު އުފުލަން ފަށާފައިވާއިރު ފަލަސްތީނު ރައްޔިތުން އިސްރާއީލާއި ދެކޮޅަށް އަޑުއުފުލަމުންދަނީ ފަލަސްތީނާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައެވެ.

30 މާޗުން 5 މޭއަށް ކުރިއަށް ދާ މި މުޒާހަރާގައި ގިނަ ބަޔަކު ޝަހީދުވަމުން ދަނީ އިސްރާއީލުން މުޒާހަރާގެ ބައިވެރިނާއި ކުރިމަތިލުމަށް ބަޑިއާއި ބަރު ހަތިޔާރާއި ޓޭންކަރު ނެރެ ހަމަލާ ދެމުންދާތީއެވެ. އިސްރާއީލުގެ ސިފައިންދަނީ ލައިވް ވަޒަން މުޒާހަރާގެ ބައިވެރިނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޣައްޒާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ 21 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެ މުޒާހަރާގައި 1500 މީހުން ވަނީ ޒަހަމްވެފައެވެ.

ފަލަސްތީނު ރައްޔިތުން މާރިޗު މަހުގެ 30 ވަނަ ދުވަހު އަޑު އުފުލަން ފެށީ "ބިމުގެ ދުވަސް" ފާހަގަ ކުރުމަށެވެ. ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 30 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުުރާ ދުވަހެވެ. މި އަހަރަކީ އެ ދުވަސް ފާހަގަ ކުރާތާ 42 އަހަރު ފުރުނު އަހަރެވެ.

މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާގައި 35000 މީހުން ބައިވެރިވި ކަމަށް އިސްރާއިލް ސިފައިން ވަނީ ބުނެފައެވެ. އަދި އިސްރާއިލް ސިފައިން ބުނިގޮތުގައި މިއަދުގެ މުޒާހަރާގައި 50000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންކަލޯ

    ނަތަންޔާހޫ އާއި އިޒްރޭލް ނެތިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާންދޭވެ.

  2. އަޙުމަދު

    އެއްވެސް ހަތިޔާރެއް ނެތް ބަޔަކާ ދިމާލަށް ބަޑިޖަހާ މީހުންތައް މަރަމުންދާއިރު އދ އެމެރިކާ އިނގިރޭސްވިލާތް ފަދަ ޤައުމުތައް ކޮބާތޯ ؟ އިސްރާއީލް ހުއްޓުމަކަށް ގެނެސްބަލަ ކަމެއް ކުރަންޏާ!

  3. ގާސިމް

    ކޮބައި އީޔޫ ކޮބައި ޔަހޫދީ ބައިގަނޑު ނުކެރޭނެ އަނގައިން ބުނަކަށް ބުނެފިއްޔަ ޔަހޫދީންގެ އެހީތެރިކނަް ނުލިބޭނެ އެމްޑީޕީގެ ނަސީދު މިހަރުވެދް ވަނީ އެހެން ވަސަނެއް ހޯދަން ކެނެޑާގަ

  4. މިންނާ

    ދިވެހިން ހާސް ނުވޭ... މާ ފާޑު ފާޑު ކުރަންޏާ ރައީސް ޔާމީން ދެންފޮނުވާނީ ދިވެހި ސިފައިން ފަލަސްދީނައް.. ޔާމީން 2018