ދެކުނު އެފްރިކާގެ ގައުމެއް ކަމުގައިވާ ޔުގެންޑާ ސަރުކާރުން އެއްްޖިންސުން ގުޅުން ހިންގާ މީހުން މަރަން ޤާނޫނެއް ފާސްކޮށް، އަމަލު ކުރަން ތައްޔާރުވެއްޖެއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުގައި އެއްޖިންސުން ގުޅުން ހިންގާ މީހުން މަރާ ބިލަކީ މީގެ 5 އަހަރު ކުރިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިފައިވާ ބިލެކެވެ. އެގައުމުގެ މިނިސްޓަރ އޮފް އެތިކްސް އެންޑް އިންޓަގްރިޓީ ޝިމޮން ލޮކޯޑޯ ވިދާޅުވެފައި ވަނީ އެގައުމުގައި އެއްޖިންސުން ގުޅުން ހިންގުމަކީ އާންމު ކަމެއް ނޫންކަމަށާއި، ނަމަވެސް ޒުވާނުންގެ ތެރޭގައި އެކަމަށް އަރައިގަންނަ މީހުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެގައުމުގެ ސުކޫލުތަކުގައިވެސް އެމައްސަލަ ބޮޑުވެދާނެ ފަދަ ނިޝާންތައް ފެންނަމުންދާ އޭނާ ވަނީ ވިދާޅުވެފައެވެ.

އެބިލުގައި ހިމަނައިފައިވާ ގޮތުންނަމަ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ އިތުރުން އެކަމަށް ބާރުލިބޭފަދަ އަމަލުތައް ހިންގައި އެފަދަ އަަމަލުތަކަށް ތަރުހީބުދޭ މީހުންނަވެސް އަދަބުދެވޭނެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަނާކަމެކެވެ. އެކި ދީންތަކުގެ މީހުން ދެކޭގޮތް ތަފާތު ކަމުގައި ވީނަަމަވެސް ގިނަ ބަޔަކު އެކަމަކަށް ތާއިދެއް ނުކުރެއެވެ. މިކަން އަނބުރާލައިފައިވަނީ ދުނިޔޭގެ އެންމެ ތަހުޒީބުވެފައިވާ ގައުމުކަމުގައިވާ އެމެރިކާއިންނެވެ.

ޔުގެންޑާގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޤާނޫނެއް ފާސްކުރުމުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ކަމަށް ބުނާ ފަރާތްތަކުން ގެންދަނީ ޔުގެންޑާ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

2010 ވަނަ އަހަރު ޔުގެންޑާގެ ނޫހަކުން ވަނީ 100 އަށް ވުރެ ގިނަ މީހުންގެ ފޮޓޯއާއި އެކު ނަންތައް އިއުލާންކޮށް އެއީ އެޖިންސުން ގުޅުން ހިންގާ މީހުންނާއި ކުޑަކުދިންނަަަށް ޖިންސީ ގޯނާ ކުރާ މީހުން ކަމަށް ބުނެ އެމީހުން ދަންޖައްސަން ގޮވާލާފައެވެ. އެނޫހުން ގިނަ ބައެއްގެ ނަންތައް އިއުލާން ކުރުމުން ވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ކަމަށް ބުނާ ފަރާތްތަކުން އެނޫހާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޥުމަން

    ދެކުނު އެފްރިކާ އަކީ މުުޅިން އެހެން ގައުމެއް.

    25
    2
    • ގަމާރު

      ދެކުނު އެފްރިކާއަށް ނިސްބަތްވާ، ދެކުނު އެފްރިކާގެ ގައުމެއް....ދޭހަވަނީ އެފްރިކާގެ ދެކުނު ސަރަހައްދަށްކަން ޔޫގެންޑާ ނިސްބަތްވަނީ. ސައުތު އެފްރިކާ ކިޔާ ގައުމެއް އޮވޭ. އެއީ އެގައުމަށް ކިޔާގޮތް. ހަބަރުގަ އޮތީ ދެކުނު އެފްރިކާ އޭ. އެހެންވީމަ މައްސަލައެއް ނެތް. ސައުތު އެފްރިކާ އަށް ނަމަ މައްސަލައަކަށް ވެދާނެ. ދެން ވިސްނާލަން އެއީ ފަރުދީ ކަމެއް. ބޭކާރު ކޮމެންޓް ނުކޮށް

      12
      1
    • ލޯންސްޓަރ

      އެބުނީ ޔުގެންޑާއަކީ އެފްރިކާގެ ދެކުނު ބިތުގައިވާ ޤައުމެކޭ.

      18
    • ރަދީފް

      ޔުގެންޑާ އެއީ އިރުމަތީ-މެދުތެރޭ އެފްރިކާގެ ގައުމެއް.އިރުމަތިން ކެންޔާގެ ބޯޑަރ ، ދެކުނުން ދެކުނު ސޫދާނުގެ ބޯޑަރ ، ހުޅަނގުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ، ދެކުނު-ހުޅަނގުން ރުވާންޑާ އަދި ދެކުނުން ޓެންޒޭނިއާ.( ކޯޑިނޭޓްސް: 1.3733° N, 32.2903° E)

  2. ސީނު

    ސަޅި

    41
    3
  3. ހަފީޒާ ފައްތާހް

    ބަރާބަރު.. ތިއީ ހަގީގީ ވެރީންނަކީ.. ހުޅަނގުގެ ހައްދުންނަޓާފައިވާ ޖިންސީ މުޖުތަމައުތަކުގެ ފިތުނައިން ސަލާމަތަ ވެވޭނީ ހަމަ އިސްލާމީ ޝަރީއަތުން ނުވަތަ އެޝަރީއަތުގެ އުސޫލުތަކުން.

    54
    4
    • ގަމާރުމޯލްޑިވިއަން

      ޔަގީންތާ.ދެން މުސްލިމުން މި ފެންވަރުގަ މި ތިބީ ކީއްވެބާ

      25
      11
      • ބޮއިކަޓް ޢަލީ

        އެއީ މުސްލިމުންގެ ތެރޭ ޖާހިލުންގިނަވެގެން، ދައްކަވަން ހުރިކަމެއް ދައްކަވާފައި ގެންދަވާނެ.

  4. Anonymous

    ސާބަހޭ. ތިއީ މޭންއެއް

    38
    3