އިއްޔެގެ ވަގުތެއްގައި ދުނިޔޭގެ އެންމެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތް ކަމުގައިވާ އިސްލާމިކް ސްޓޭޓް އިން ސީރިޔާ (އައިސިސް)ގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ މަރާލާފައިވާކަން އެމެރިކާ އިން މިވަނީ ކަށަވަރު ކޮށްދީފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނީ ބަޣުދާދީ ހައްޔަރު ކުރަން ދިއުމުން ހަމަލާތައް ބަދަލު ކުރުމަށް ފަހު އޭނާ އަށް ސަލާމަތެއް ނެތްކަން އެނގުމުން ބިންގަރާހެއް ތެރެއަށް ވަދެ އޭނާ ޖާނު ގޮއްވާލައިގެން މަރުވެފައިވާ ކަމަށެވެ.
ބަޣުދާދީގެ 3 ކުދިންނާއި އެކު ބެދިފައިވާ ބިންގާރަސް ތެރެއަށް ވަދެ އޭނާ ޖާނު ގޮއްވާލި އިރު ސީރިޔާގައި ހަރަކާތްތެރިވާ އެކްޓިވިސްޓަކު ވަނީ އޭނާ ޖާނު ގޮއްވާލާ މަންޒަރު ތަންކޮޅެއް ދުރުން ފެންނަ ވީޑިއޯ އެއް މީސް މީޑއާގައި ހިއްސާ ކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގި ބަޣުދާދީގެ މަރުގެ ހަބަރު ލިބުމުން އެތައް މިލިއަން ބަޔަކު ތިބީ ހިތްހަމަޖެހިގެންނެވެ. ކުށެއް ނެތް އެތައް ބަޔަކު މަރާފައިވާ ބަޣުދާދީ މަރުވެފައިވާކަން ޔަގީން ކޮށްފައި ވަނީ އެމެރިކާ އިން ހެދި ޑީއެންއޭ ޓެސްޓު ތަކުންނެވެ.
ރޭގެ އޮޕަރޭޝަން ހިންގާފައި ވަނީ އީރާގައި، ސީރިޔާގެ އިތުރުން ތުރުކީ އާއި ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ދިން މައުލޫމާތު ތަކުގެ އަލީގައެވެ. ނަމަވެސް ރޭގެ އޮޕަރޭޝަނުގައި އެމެރިކާ ސިފައިން ނޫން އެހެން ބަޔަކު ބައިވެރި ވެފައެއް ނުވެއެވެ.
ތިރީގައި އެވަނީ ބަޣުދާދީ އޭނާގެ ޖާނު ގޮއްވާލި ކަމަށް ބުނާ މަންޒަރު ދައްކުވައިދޭ މަންޒަރެވެ. ބޮން ގޮއްވާލުމަށް ފަހު މުޅި ހިސާބު ހަމަހިމޭން ވާއިރު ދެން ވީޑިއޯގައި ދައްކުވައިދެނީ އިރު އެރުމަށް ފަހު ބަޣުދާދީ ޖާނުން ފިދާވި ސަރަހައްދެވެ. އެ ސަރަހައްދުން މަރުވެފައިވާ ބައެއްގެ ހަށިގަނޑުވެސް ވީޑިއޯ އިން ފެނެއެވެ.
މިއޮއްފަދަ ޒަމާނުގަ ތިއީތަ ނެގުނު ވީޑިއޯ އަކީ؟
ބިނގަރާހު އަޑިއަށް ވަދެ ގޮއްވާލިކަމަށް ޓްރަމްޕް ބުނީ ވީޑިއޯގަ ފެންނަނީ މުޅިން އެހެން މަންޒަރެއް މިވާގޮތުން އަނެއްކާ ފަސްއަހަރު ފަހުން މީނަ ފެންނާނެ ކަމަށް ބެލެވެނީ
އައިސިސް އަކީ 100 ޕަސެންޓް އެމެރިކާއިން މުސްލިމުންގެ ނަން ކިލަނބު ކުރަން އުފައްދާ ފަތުރަމުންދިޔަ ހަރަކާތެއްކަން ޔަޤީން ކުރެވުން ނޫން ކަމެއް ނުވި. ރަޝިޔާއިން ސީރިޔާގައި އެމެރިކާއިން ހިންގާ ޕްރޮޕެގެންޑާތައް ބޭޒާރުކޮށްލަފާނެތީ އަޅުވާފައިން ސީރީޒްގެ އެޕިޝޯޑް މިނިންމާލީ. ރާއްޖެއިން ވެސް އައިސިސް އަށް މީހުން ރެކްރޫޓްކޮށް އެމީހުންނަށް އިންޑިޔާ ލަންކާގައި ބައިތިއްބާ ބޮޑެތި ހަރަދުކޮށް ޓްރެއިނިންގދީފައި ޕޮކެޓްމަނީ ދީފައި ދެން ފޮނުވަނީ ސީރިޔާއަށް. މިއަދިރި ހަރަކާތުގެ އެންމެ ފަހަތުގައި ފިލާ ތިބީ އިޒްރާއީލްއާއި އެކު އެމެރިކާ އަދި އިގެރޭސި ވިލާތުގެ ސިއްރު އަސްކަރިއްޔާތައް. ރާއްޖޭގެ އަސްކަރިއްްޔާތަކަށް ފައިސާދީ އަދުން އަޅުވާ އެމީހުން ބޭނުންވާ ގޯލްތައް ހާސިލް ކުރޭ. ރާއްޖެއިން ޖިހާދަށޭ ކިޔާދާމީހުން ގިނަ ފަހަރު ޖިހާދަށް ވުރެ ބޮޑަށް ހަރަކާތްތެރިވާނީ ޖާސޫސީ ހަރަކާތްތަކުގައި. މިކަން އެގޭނެ ރާއްޖެ މީހުންް ހަގުރާމަ މަައިދާނުން ވަރަށް މަރު ނުވާނެ. ޔޫއެސް މީހުންގެ ހަމަލާއަށްވުރެ އެތަނުގެ ޖަމާއަތްތަކުންދޭ ހަމަލާ ތަކުން ބޮޑަށް މަރުވާނީ
އަޅާ ނުލާ. މީ އައިސިސް ގޮލައެއްގެ ކޮމެންޓެއް.
ބޯހަލާކު. ތިޔަތަ ބިންގަރާސް ގޮވާ ވީޑިއޯ. މީހަކު މޮޔަވާނެ މި މީހުންގެ ގަޅިކަމުން.
ބަލަގަ މި ހާދަ ގިނައިން މަރުވާ މީހެކޭ... ދުވަސްކޮޅަކުން އަނެއްކާ އޭނަގެ އާ ވީޑިއޯ އެއް ނިކުންނާނެ. އޭރުން ބުނާނެ އޭރު މަރުވީ ބައުދާދީގެ ބައްޕަޔޯ. ދޮގު ހެދުމުގައި ޓުރަންޕް އަކީ ހަމަ އަންނި ފަދަ މީހެއް. އިސްލާމް ދީން ދެކެ އެމްޑީޕީ ބައިގަނޑު ފަދައިން ރުޅި އަންނަ މީހެއް
މިހާރު ޔަގީން ވެއްޖެ އެއީ ބަޢުދާދީ ނޫން ކަން. ރިއަލް ބަޢުދާދީގެ ވީޑިއޯ އެއްގެ އިންތިޒާރުގަ
މި ވީޑިއޯ ބަލާގެން ޓުރަންޕު އެ މޮޔަވަނީ. ޙަހަހާ ކޮބާބާ ބަގުދާދީ މި ވީޑިއޯ އިން؟؟
ސައްދާމާ އޭނާގެ ދެދަރިން ކަމުގައިވާ އުދެއްޔު އާ ގުސެއްޔު އަދި ލީބިޔާގެ ޒައީމު ގައްޒާފީ މަރުވެފައިވާތަން މުޅިދުނިޔެއަށް ދެއްކި އިރު ބަޢްދާދީ ގެ ހަށިގަނޑު ދައްކާ ނުލެވުނީކީއްވެބާ؟.....ހުސްފޭކު
ތިތަނަށް ބިންގަރާސް ކިޔަންޔާ ރާއްޖެއަށް އެމެރިކާ ކިޔަން ވީނުން. އަޖައިބެއް. ޓްރަމްޕާއި މި އައިސިސް ހާދަ ޑްރާމާއެއް ކުޅެޔޭދޯ.. ދެން ދެތިން މަސް ފަހުން އަޑު އިވޭނީ ބަޤްދާދީ މަރެއް ނުވޭ.. ޒިންދާހޭ. ހަމަ ކަސޯޓީ އެކޭ އެއްވަރު. އެމެރިކާ އަމިއްލަ އަށް އައިސިސް އުފައްދާފަ އަމިއްލަ މީހުންނާވީ މި ހަގުރާމަ ކުރަނީ.. ފަހަރެއްގަ އަތުން ދޫވެގެންދިޔަ ބަސްނާހާ ދަރިއަކަށް ބަޤްދާދީ ވީ ކަމަށް ވެދާނެ. ދެން މި ޑްރާމާގަ ވާނީ ކިހިނެއްބާ؟ ބަޤްދާދީ މަރެއް ނުވޭ.. ގައިމުވެސް ތިޔަ ވީޑިޔޯ އަކުން އެކަމެއް ސާބިތެއް ނުވޭ.. ޑީ އެން އޭ ރިޕޯޓްވެސް ތިޔަ ގޮތައް ޕަބްލިކް ކޮށްލިނަމަ ތަންކޮޅެއް ޑްރާމާ އަސަރުގަދަ ވާނެ. އަދި ހިތައް އަރާ އައިސިސްގެ ލީޑަރަކަށް އުޅެނީ އެސޮރު އެކަނި ބާއޭ.. އެސޮރު ފަހަތުން ނުނެއްޓިގެން މިއޮށް ހުރިހާ ދުވަހު.. ދެން ވެސް އަދިވެސް.. ހަަމަ ބަޤްދާދީ، އުސާމާ ބިންލާދިން ނުވަތަ އޭނާގެ ދަރި... ވަރުގަދަ ފަހުލަވާނުންތަކެއް ހުވާ..
؟؟؟؟؟؟؟؟؟؟؟؟ތީ ކޯޗެއް؟؟؟؟؟؟؟؟؟؟؟؟؟
އައިސިސް އަކީ އިޒްރޭލާއި އެމެރިކާއިން ހިންގާ ފޭކު އޮޕަރޭޝަނެއް.
ކުނިގޮނޑުން ވެސް ތިފަދަ އަލިފާންފެނޭ!
ދެންވީ ބުނާކޮންމެ އެއްޗެއް ޤަބޫލްކުރަންދޯ!އޮޅުވާލުން ކޮންމެ ކަމެއްގަވެސް .
އަންނި ދައްކާވާހަކަތައް ޤަބޫލު މީހުން ފަދައިން ޓްރަންޕް ދައްކާ ވާހަކަތަށް ޤަބޫލުކުރާމީހުން ތިވާހަކަ މިހާރުތިބޭނީ ޤަބޫލުކޮށްގެން!
ބެދިފައިވާ ބިންގަރާހެއް ގޮއްވާލުމުން އަލިފާންގަނޑު ތިހާ ބޮޑަށް މައްޗަކަށް ނާރާނެ! ތިއީ ޓްރަމްޕް އަންހެނުން ޖެހި ފޮޑިއެއްގެ ވީޑިއޯއެއް!
??
އެމެރިކާގެ ވެރިމީހާ ދޮގުހަދާފަ އެއްޗެއްބުންޏަސް އެ އެބުނި އެއްޗެއް މީޑިޔާތަކުން ބުނީމަ އަހަރެމެން ޤަބޫލުކުރަން ޖެހޭތަ؟ ސެޕްޓެމްބަރ 11 ގަ ނިވްޔޯކް ޓްރޭޑް ސެންޓަރަށް އަދި ޕެންޓަގަން އަށް މަތިންދާ ބޯޓުން ޓެރަރިސްޓުން ހަމަލާދިންވާހަކަ މީޑިޔާއިން ދެއްކީމަވެސް އަހަރެމެން މިތިބީ ޤަބޫލުކޮށްގެއްނެއްނު. އެކަމަކު އަހަރެމެން ވިސް ނާނުލަ އެ އިމާރާތުގެ ކޮޅަށް ޖަހާފަ ހުރި ދަގަޑުގެ ބޯމިނާ އެ ދަގަޑު ޖަހާފަ ހުރި ގާތްމިނާ ބޯޓުގެ ދިގުމިނާ ފިޔަގަޑުގެ ދިގުމިނާ މަތިންދާބޯޓް ހަދަންބޭނުންކޮށްފަ ހުރި މެޓީރިޔަލް ވަރުގަދަކަން ނޫނީ ނިކަމެތިކަން ތުނިކަން. ބޯޓް އިމާރާތުގެ ތެރެއަށް ވަދެގެންގޮސް ބޯކޮޅު ހަލާކުނުވެ އިމާރާތުގެ އަނެއްފަރާތަށް ނުކުތް. މީ މި ހާދިސާ ދިރާސާކުރާމީހުން ޤަބޫލްކުރާކަމެއްނޫން. ޢަދި ޓްރޭޑް ސެންޓަރަށް އެހަމަލާދިން ބަޔަކު މިސައިލުން ހަމަލާދިނުމުގެ 20 މިނިޓް ކުރިން ބބސ. ޢެ މަންޒަރު ދައްކަންފެށި މަތިންދާބޯޓުން ހަމަލާދިނީޔޭކިޔާފަ ހަދާފައޮތްވީޑިޔޯ. ފަހުން މަންޒަރު ބަލަންހުރި މީހަކު ނަގާފަހު ވިޑިޔޯއޭ ކިޔާގެންވެސް ހަމަ ވީޑިޔޯ ހަދާގެންވެސް ދެއްކި. އެއްވެސް ޔަހޫދީއަކު އެދުވަހު އެއިމާރާތަށް މަސައްކަތު ނުދާވާހަވެސް ދައްކާ.