އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް އޭނާގެ އަސްލު ސޫރަ ފާޅުކޮށްފިއެވެ. އެމެރިކާއިން ސީރިއާއަށް ވެރިވެގަނެގެން ހާސިލްކުރަން ބޭނުންވަނީ ކޮން ކަމެއް ކަން އޭނާގެ އަމިއްލަ ދުލުން މިހާރު ބުނީއެވެ. ޓްރަމްޕު ބުނީ އޭނާ ތެޔޮ ބޭނުންވާ ކަމަށެވެ.
"އަހަރެމެން އަދިވެސް މިތިބީ މިތަނުގައި މަޑުކޮށްގެން. އަހަރެމެން ތެޔޮ ބޭނުންވޭ. އަހަރެމެން ތެޔޮ ކޮންޓްރޯލް ކުރާނަން. އެހެން މީހުން ސީރިއާގެ ބޯޑަރު ކޮންޓްރޯލް ކުރަންވީ. އެމީހުން އެކަން ކުރަން ދޫކޮށްލާ. އެމީހުން ތަޅާފޮޅާތާ 1000 އަހަރުވެއްޖެ މިހާރުވެސް." ހުކުރު ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕު ބުންޏެވެ.
ޑޮނަލްޑް ޓްރަމްޕް އޭނާގެ އަސްލު ސޫރަ ނުފޮރުވާތީ، އަދި އޭނާގެ ސިޔާސަތުތައް ހާމަކުރާތީ ސީރިއާގެ ރައީސް ވަނީ ޓްރަމްޕަށް ތައުރީފުކޮށްފައެވެ. މިފަހުން ބައްޝާރު އައްސަދު ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޓްރަމްޕަކީ މިހާތަނަށް އޭނާއަށް ފެނުނު އެމެރިކާގެ އެންމެ ރަނގަޅު ރައީސް ކަމަށެވެ. "ޓްރަމްޕަކީ އެމެރިކާގެ އެންމެ ރަނގަޅު ރައީސް، ކޮންމެހެން އޭނާގެ ސިޔާސަތުތަކަކީ އެންމެ ރަނގަޅު ކަންތައްތަކަކަށް ނުވިއަސް، އޭނާ އަކީ އެންމެ ދެފުށް ފެންނަ ރައީސް. އިޚުލާސްތެރި އަދުއްވަކަށް ވުރެ ވަކި ރަނގަޅީ ކޮން ކަމެއް؟" އައްސަދު ވިދާޅުވިއެވެ.
މެދުއިރުމަަތީގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މިހާރުވެސް އެމެރިކާއިން އަހަރެއްގެ މައްޗަށް 30 މިލިއަން ޑޮލަރުގެ ތެޔޮ ސީރިއާއިން ބޭރުކުރެއެވެ. މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޙިލާފަށް އެމެރިކާއިން ހިންގަމުންދާ ޖަރީމާއެކެވެ. އަދި، އަމިއްލައަށް އެމެރިކާއިން ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާވެސް ޙިލާފަށް ކުރަމުންދާ ކަމެކެވެ.
މެދުއިރުމަތީގެ ޤައުމުތައް ދާޚިލީ ހަނގުރާމައަކަށް ވައްޓާލައި، އެ ޤައުމުތައް އިސްތިޢުމާރުކޮށްގެން، ސުންނާފަތިކޮށް، ޤައުމުގެ އިޤްތިސާދު ފުނޑާލައި، ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު އެމެރިކާއިން ކޮންމެ ޤައުމަކުންވެސް ބޭނުންވަނީ އެޤައުމުތަކުގެ ޤުދުރަތީ މުއްސަނދިކަން ފެލައިގަތުމެވެ. އެމެރިކާ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އޮންނަނީ އެހެން ޤައުމުތަކަށް ވެރިވެގަނެގެން ކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ.
ތެޔޮވަގު
އައިސިސް އުފައްދާފައި މުސްލިމުން މެދުގަ އެއްބަޔަކު އަނެއް ބަޔަކަށް ޖައްސާފަ، އޭރުން މި މީހުންގެ ސިފައިން ތެރޭން މީހުން މަރުވާން ނުޖެހި މުސްލިމު ގައުމުތަކުގެ މުއްސަނދިކަން ފޭރެން ތިބެވޭނެއެއްނު. މިއަދު ތި ގޮތަށް އުޅޭ ެެވޭނީ، އާޚިރަތް ދުވަހު ކާމިޔާބު ވާނީ މުއުމިނުން
މި ދުނިޔޭގައިވެސް މުސްލިމުންނައް ނަސްރު ނުލިބެނީ މުސްލިމުންނޭ ކިޔާ ބަޔަކު މުނާފިގު ވުމުގެ ސަބަބުން
އެމީހުން އެގައުމައް އަރައިގެން އެއުޅެނީކީ އައިއެސް ބަލިކޮއް އެގައުމުގެ ތެލުގެ ދަހިވެތި ކަމުގައި .
ފޭރޭ ވަގުން.
މުސްލިމުން ކުރީމަ ގޯސް... ކާފަރުން ކުރީމަ ރަނގަޅު... ޓިޕިކަލް ޑިމޮކްރަސީ..