އަވައްޓެރި ސްރީލަންކާގައި މިއަދު ކުރިޔަށްދާ އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބަހެއްގައި ދަތުރުކޮށްފައި ދިޔަ މުސްލިމުންތަކަކަށް ބަޑިން ހަމަލާދީފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައި ނުވާއިރު، މިފަދަ ހާދިސާއެއް ހިނގާފައިވާކަން އޮފިޝަލުން ވަނީ ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގާފައި ވަނީ، ލަންކާގެ ވެރިކަންކުރާ ކޮލަމްބޯ އާއި 240 ކިލޯމީޓަރު ދުރުން އެޤައުމުގެ އިތުރުގައި އޮންނަ ޓަންޓިރިމާލޭ ނަމަކަށް ކިޔާ އަވަށެއްގައެވެ. ބައެއް ނޫސްތަކުގައި ވާގޮތުގައި އެ އަވަށުގައި މުސްލިމުން ދަތުރުކުރި ދެ ބަހަކަށް ބަޔަކު ވަނީ ހަމަލާދީފައެވެ. މި ހަމަލާ އަމާޒުކޮށްފައި ވަނީ، ލަންކާގެ ޕުއްޓަލަމް އިން އެޤައުމުގެ މަންނާރަށް ވޯޓުލާން މުސްލިމުން ދަތުރުކުރަމުން ދަނިކޮށެވެ.

ނޫސްތައް ބުނާގޮތުގައި ވޯޓުލާން ދިޔަ މީހުން ދަތުރުކޮށްފައި ދިޔަ ބަހަށް ބަޑިން ހަމަލާ ދިނުމުގެ އިތުރުން، ގާ އުކައި ރޯކޮށްފައިވާ ޓަޔަރުފަދަ ތަކެތިވެސް ވަނީ އުކާފައެވެ. މިކަން ހިންގާފައިވަނީ ލަންކާގައި އުޅޭ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބުދިސްޓުންގެ ގްރޫޕަކުން ކަމަށް ވަނީ ބެލެވިފައެވެ.

މި ހަމަލާ ދީފައިވަނީ، ލަންކާގައި މިއަދު ކުރިޔަށްދާ ރިޔާސީ އިންތިޚާބާއި ގުޅިގެން އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވޯޓުލާން ދިޔަ މުސްލިމުންތަކަކަށް ބަޔަކު ހަމަލާތައް އަމާޒުކޮށްފައި މިވަނީ، މިއަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަޙައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކަކީ މުސްލިމުން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް، ބުދިސްޓުން މުސްލިމުންނަށް އަނިޔާކޮށް ދުއްތުރާ ކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުއްތުރާ ކުރުން

    ލަންކާގައި ދިން ޓެރަރިސްޓް ހަމަލާ ތަކުގެ އަޑީގައި ވަނީ މުއުމިނުންނާއި އެންމެ ޢަދާވާތްތެރި ޔަހޫދީން.

    37
    2
  2. ޖިންނި

    ދިވެހި ސަރުކާރުން ( މިވަގުތު މި އޮތް ޒަޔަނިސްޓް ޔަހޫދީ ސަރުކާރުން ) ތި ޙަމަލަ ދިން މީހުންނަކީ މިނިވަން ފިކުރުގެ ބަޔަކަށްހަދައި މުސްލިމުން ކުށްވެރި ކުރުވާނެ

    9
    2
  3. ބޭޝޯޚު

    ލަންކާ އެއުޅެނީ އެމީހުން ދިން ގެއްލުމުން އަދިވެސް ނާރައިގެން