ފިލިޕީންސް އަަށް 6.9 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ މިންްޑަނާއޯ އަށެވެ.

53 ކިލޯމީޓަރު އަޑިއަށް މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން 11:11 ހާއިރުއެވެ.ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވީ, މި ބިންހެލުމުގެ އާސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

ޕެސިފިކް ސުނާމީ ވާނިންގ ސެންޓަރުން ބުނީ، މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް ނު އުފެދޭނެ ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމުގއ ރިޕޯޓްކޮށްފައި ނުވާކަމަަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު