އަވަށްޓެރި އިންޑިއާ އަކީ ދުނިޔޭގެ ބޮޑު ބާރަކަށް ވުމާއި ދިމާލަށް މިސްރާބު ޖަހާފައިވާ ގައުމެކެވެ. ދެވަނަ އަށް އެންމެ ބޮޑު އާބާދީ އެއް އޮންނަ އިންޑިއާ އަށް މިހާރު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ޗައިނާގެ ފަރާތުންނެވެ. ޗައިނާ އިން އިންޑިއާ ކަނޑުގައި އޮންނަ ގައުމުތަކާއި ގުޅުން ބަދަހިކޮށް، އެ ގައުމުތަކުގައި ޗައިނާގެ ބާރު ހިނގަމުން އަންނަކަމީ އިންޑިއާ އިން ވަރަށް ޖެހިލުންވާ ކަމެކެވެ.

އެހެންކަމުން އިންޑިއާ އިން މިވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ޗައިނާ އަށް ބާރުގަދަ ނުވެވޭނެކަން ދައްކަން ގިނަ އަދަދެއްގެ ހަނގުރާމަ މަތީ ބޯޓުތައް އިންޑިއާ ކަނޑުގެ ސަރަހައްދު މަތީގައި ބޭނުން ކުރުމަށް ނިންމާފައެވެ. މިގޮތުން ޓަމިލް ނާޑޫގައި ހުންނަ ތަންޖަވިރު އެއާފޯސް ބޭސް އަށް އިންޑިއާ އިން ވަނީ Su-30MKI މަރުކާގެ ހަނގުރާމަ މަތީ ބޯޓުތައް ފޮނުފާއެވެ.

ބޯޓުގައި ބޭނުން ކުރާ މިސައިލް

މި މަރުކާގެ ބޯޓުތަކަކީ ދިގު ރާސްތާތައް ކަޑައްތު ކުރުމަށް ހާއްސަ ވެފައިވާ ބޯޓުތަކެއް ކަމުގައި ވާއިރު، މި ބޯޓުތަކުން މިސައިލް ހަމަލާ އެއް ފޮނުވާލަން ބޭނުންވެއްޖެނަމަ، 300 ކިލޯ މީޓަރު ދުރުން މިސައިލް ހަމަލާ އެއް އެއްވެސް މައްސަލަ އަކާއި ނުލައި ދެވޭނެއެވެ. މިއަދު ތަންޖަވިރު ބޭސް އަށް 6 ބޯޓެއް ފޮނުވާފައި ވާއިރު ކުރިއަށް އޮތް ތަނުގައި އެ އަދަދު 18 އަށް އިތުރު ކުރާނެ ކަމަށް އިންޑިއާ އަސްކަރިއްޔާ އިން ހާމަ ކުރެއެވެ.

ރަޝިޔާ އާއި އިންޑިއާ ގުޅިގެން ހަދާފައިވާ މި ބޯޓު އިންޑިއާ ކަނޑުގައި ބޭނުން ކުރަން އެ ގައުމުން ނިންމާފައި ވާއިރު ޗައިނާގެ މަނަވަރުތައްވެސް ގިނަ އަދަދަކަށް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެއެވެ. މިގޮތުން ކޮންމެ ވަގުތެއްގައިވެސް އެންމެ މަދުވެގެން ޗައިނާގެ 5 މަނަވަރު އިންޑިއާ ކަނޑުގައި އޮންނަ ކަމަށް އެ ގައުމުން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.

މި ބޯޓުތަކުގައި އިންޑިއާ އިން ޗައިނާގެ މަނަވަރުތައް ކުރަމުން އަންނަ ކަންކަން ބަލައި، އެ ގައުމުގެ ހަރަކާތްތަކަށް އިތުރަށް ފާރަލާން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިކުލީލް

    ރާއްޖެ ކަނޑުގެ ސަރައްދުން އިންޑިއާއަކަސް ނުދުއްވޭނެ ހުއްދައެއް ނެތި.

    13
    1
  2. ޖިހާދު

    ރާއްޖެ މަތިން ދިވެހިންނަށް އުދަގޫ ވާގޮތަށް މާގިނައިން އުދުހެން ނަހަދައްޗޭ އިނގޭ. ޖެހިދާނެ ހަމަލަދީ ވައްޓާލަން

    10