އިނގިރޭސިވިލާތުގެ ލަންޑަންގެ މިސްކިތެއްގެ އިމާމަކު ނަމާދަށް ހުއްޓާ ވަޅިން ހަމަލާދީ ޒަހަމްކުރި މީހާއަށް އޭނާ މާފު ކޮށްފިއެވެ.

މި ހަމަލާގައި އެކި ވަރުގެ ޒަހަމްތަކެއް ވެފައިވަނީ އުމުރުން 70 އަހަރުގެ ރަފާތް މަޤްލަދް އަށެވެ.

މިހާދިސާ ހިނގާފައި ވަނީ ލަންޑަންގެ ރިޖެންޓް ޕާކްގައި ހުންނަ ލަންޑަން ސެންޓްރަލް މޮސްކްގައެވެ.

ރަފާތް ބުނެފައިވަނީ އޭނާ އަށް ހަމަލާދިން އުމުރުން 29 އަހަރުގެ އެ ފިރިހެން މީހާއަށް އޭނާ މާފުކޮށްފައިވާ ކަމަށެވެ. އަދި އެ ހަމަލާ ދިން މީހާއަށް އޭނާ ދެރަވެސް ވާ ކަން އޭނާ ވަނީ ބުނެފައެވެ.

"އެކަމެއް ވެއްޖެ. އަނބުރާ އެކަން ނުވާ ކަމަކަށް ނުހެދޭނެ. އޭނާ އަށް މާފު ކޮށްފިން" ރަފާތް ބުނެފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ހަމަލާ ދިން މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އޭނާ ވެސްޓްމިންސްޓާ ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން މީހަކު ޒަހަމް ކުރި ކަމުގެ ދައުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލަންޑަންގައި ހަމަލާދީފައިވާ މިސްކިތަކީ ހާއްސަ ގޮތެއްގައި ހުކުރު ދުވަހު ގިނަ އަދަދެއްގެ މީހުން ޖަމާވާ މިސްކިތެކެވެ. އެހެން ކަމުން މިސްކިތައް އަންނަ މީހުންގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި އިތުރަށް މަސައްކަތް ކުރާނެ ކަމަށް މިސްކިތުގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަހުމަދު އަލް ޑުބަޔާން ވަނީ ބުނެފައެވެ.

މި ހާދިސާއަކީ ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެއްކަން އަދި ކަށަވަރު ނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ލަންޑަންގެ މިސްކިތެއްގެ އިމާމަކު ނަމާދަށް ހުއްޓާ ވަޅިން ހަމަލާދީފި

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ތިކަހަލަ ނުރައްކާތެރި އަމަލުތައް ހިންގާ ގައުމުތަކަށް ދިވެހި ޒުވާނުން ކިޔަވަން ފޮނުވުމަކީ އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއްނޫނޭ، ބަޑިޖަހާ ބަޔަކު މަރައިގެން ނޫނީ ވަޅިޖަހައިގެން ބަޔަކު ޒަހަމްނުކުރާ ދުވަހެއްނުދެއޭ، އަހަރަކު 85 ހާސް ރޭޕް ކުރާ ގައުމެއް ތިޔައީ، ތިތަނަށް ދަރިވަރުން ފޮނުވުން ސަރުކާރުން އެބަޖެހޭ މަނާކުރަން.

    7
    2
  2. ބޯކިބާ

    އަދި ނުވިތާކަށް ތަފާސްހިސާބުން ދައްކާގޮތުގައި އިނގިރޭސިވިލާތުގައި ކޮންމެ 20 ކުއްޖަކުން 1 ކުއްޖަކު ހުންނަނީ ރޭޕްކޮށްފައޭ، ސަރުކާރުން މިކަން ބަލާފައި ދިވެހި ކުޑަކުދިން އެތަނަށް ގެންދިއުން މަނާކުރަން އެބަޖެހެއޭ.

    8
    3
  3. ހޫ

    ތިގޮތެއް ކަމަކު ނުދާނެ ދިވެހި މުސްލިމުންނަކަށް. ދިވެހި މުސްލިމުން ބޭނުންވާނީ ބޯބުރި ކުރަން. އިމާމު ތިދެއްކީ ވަރަށް ރަނގަޅު ނަމޫނާއެއް މުސްލިމުން ވާން ޖެހޭނީ ހިތްތިރި ބައެއްގެ ގޮތުގައި ކާފަރުންނަށް ނަމޫނާ ދައްކަން. އޭރުން އިސްލާމް ދީނަށް ވަންނަ މީހުން ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުން.

    6
    7