ކުށް ކުރާ އެންމެންނަކީ މާ ސްމާޓް ބައެއް ނޫނެވެ. ފިލަންވެގެން ކުރާ ކުޑަކުޑަކަމަކުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފަހަރު އާދެއެވެ. މިގޮތަށް އާއްމުކޮށް ގެންދަނީ ފިލަންވެގެން ވަންނަ ތަނެއްގެ ސަބަބުން ނޫނީ ބައެއް ފަހަރު ފިލަން ވެގެން އުޅެވޭ ގޮތުންނެވެ.

މިފަހަރު މި އޮތީވެސް އެކަހަލަ ކަމެކެވެ. ފިރިހެނަކު ފިލަން ވެގެން އެއީ ޓެރަސްއެއްގެ މައްޗަށެވެ. އެތަނުގައި ސޯލާ ޕެނަލްތަކެއް ހަރުކޮށްފައިވާއިރު، އޭނާ އޮތީ ހިތުން "ސޯލާ ޕެނަލް"އަކަށް ވެގެންނެވެ.

އެ މަންޒަރުގެ ފޮޓޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެގޮތުން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ ކިބައިން ސަލާމަތްވާން، މީހަކު ކުރި މަސައްކަތްކޮށް ނާކާމިޔާބުވީއެވެ.

އެގޮތުން ލަންޑަނުގެ އިމާރާތަކުން އޭނާ ފިލަން ވެގެން ސޯލާ ޕެނަލްތަކުގެ ކައިރީގައި އޭނާ އޮތީ އޮށޯވެގެންނެވެ.

ތުހުމަތު ކުރެވޭ މީހާގެ އެތަނުގައި ފިލާ އޮއްވާ ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފައި ވަނީ ނޭޝަނަލް ޕޮލިސް އެއާ ސާވިސްގެ ޓްވިޓާގައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ބުނެފައި ވަނީ "އަހަރެން މިތަނުގައި އޮށޯވެ، އަހަރެންނަކީ ސޯލާ ޕެނަލްއަކަށް ވެގެން އުޅުމުން، އެ މީހުން ދުވަހަކުވެސް އަހަރެން ނުފެންނާނެ! ނުބައި!!" މިހެންނެވެ.

"ޓްވިޓާ ބޭނުންކުރާ ކޮންމެ ވައްކަންކުރާ މީހަކަށް ރަހުމަތްތެރި ނަސޭހަތެއް. ފުރާޅެއްގައި ސޯލާ ޕެނަލް ކަމަށް ދައްކައިގެން އޮތަސް އަދި އަޅުގަނޑުމެންގެ ކެމެރާތަކަށް އޮޅުވާނުލެވޭނެ". އެންޕީއޭއެސް ލަންޑަން އިން ކުރި އެހެން ޓުވީޓެއްގައި އިންޒާރު ދީފައި ވަނީ އެ މީހާ އުޅޭ ގޮތަށް ނޫޅުމަށެވެ.

އޭނާގެ ފޮޓޯ ނަގާފައި ވަނީ ނޭޝަނަލް ޕޮލިސް އެއާ ސާވިސް (އެންޕީއޭއެސް) ގެ ހެލިކޮޕްޓަރުގައެވެ.

މިކަމާ އެތައް ބަޔަކު ދަނީ އެ މީހާއަށް ޖޯކު ޖަހާ ވާހަކަ ދައްކަމުންނެވެ.