އޮމާން އިން ކޮވިޑް-19 ވައިރަސް ފެނިއްޖެއެވެ.

އޮމާން އިން ވައިރަސް ފެނިފައިވާއިރު މިއަދު މުޅިން އަލަށް 5 ގައުމަކުން ވަނީ ވައިރަސް ފެނިފައެވެ.

ކޮވިޑް-19 ވައިރަސް ފެނުނު ގައުމުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 37 އަށް އަރާފައެވެ.

އޮމާންގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެގައުމުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ބަލި ޖެހިފައި ވަނީ އޮމާންގެ ދެ އަންހެނުންނަށް ކަމަށާއި އެމީހުންނަކީ ދާދި ފަހުން އީރާނަށް ދަތުރު ކޮށްފައިވާ ބައެއް ކަމަށް ވެސް އޮމާންގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

"ދެ އަންހެނުންނަކީ ވެސް އީރާނަށް ދަތުރު ކޮށްފައިވާ ދެމީހުން. އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް އެމީހުންގެ ހާލު ރަނގަޅު." ހެލްތު މިނިސްޓްރީން ބުންޏެވެ.

އީރާނަށް ދަތުރު ކުރި އޮމާންގެ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޮމާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ އޮމާނާއި އީރާނާއި ދެމެދު ދަތުުރު ކުރާ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ހުއްޓުވާފައެވެ.

އީރާނުން ފެނުނު ކޮވިޑް-19 މިހާރު ވަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ފެތުރެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު