އިންޑިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، އިންޑިއާގެ މުސްލިމަކަށް، ގައުމީ ސަލާމް ކިޔަން މަޖުބޫރުކޮށް އަނިޔާކުރުމުން މަރުވެއްޖެއެވެ.

ޔުނިފޯމް އަޅައިގެން ތިބި ފުލުހުންގެ ބަޔަކު ވަނީ މުސްލިމަކަށް އަނިޔާކޮށް ގައުމީ ސަލާމް ކިޔަން މަޖުބޫރުކުރުމަށް ފަހު، އެ މީހާ ގައުމީ ސަލާމް ކިޔަމުންދާ މަންޒަރު ރެކޯޑްކޮށް މީސްމީޑިއާގައި އާއްމުކޮށްފައެވެ. އަނިޔާކުރުމުގެ ސަބަބުން މަރުވެފައި ވަނީ ދިއްލީ އަށް އުފަން އުމުރުން 23 އަހަރުގެ ފައިޒާން އެވެ.

ދިއްލީގެ އިރު ދެކުނު ސަރަހައްދުތައި އުޅުނު ފައިޒާން އަކީ އިންޑިއާގައި މިހާރު މުސްލިމުނަށް އަމާޒުކޮށްގެން ހިންގާ ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވި މީހެކެވެ. ފައިޒާން އަށް އަނިޔާކޮށްފައި ވަނީ ޔުނިފޯމްގައި ތިބި ބައެއްކަން ކަށަވަރުވި ނަމަވެސް ފުލުހުން ވެސް އަދި ރަސްމީ އިދާރާއަކުން ވެސް މިމައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެއެވެ.،

ބައެއް ނޫސްވެރިން ބުނީ، ފައިޒާންގެ ގައިގައި ބަޑިން ތަޅާ އަނިޔާކުރީ ފުލުހުން ކަމަށާ އަނިޔާކުމުގެ ސަބަބުން އޭނާ އަށް ނޭވާލާން އުނދަނގޫވެގެން އުޅުނު މަންޒަރުފެނިފައިވެއެވެ. އަދި އޭނާގެ މޫނުމަތީގައި ބަޑީގެ ފަހަތުބައިން ޖެހުމުން އަނގައިންނާއި ނޭފަތުން ލޭ އައިކަމަށް އެ ނޫސްވެރިން ބުނެއެވެ.

ފުރާނަ އަށް ތެޅެމުން ދިޔަ ފައިޒާން އަށް އަނިޔާކޮށް މަރާލިއިރު، އެހީތެރިވާން ވެސް ބަޔަކަށް ކައިރިވާން ފުރުސަތު ނުދިން ކަމަށް އެ ނޫސްވެރިްނެގ ބުނެއެވެ.

ގިނަ މުސްލިމުންގެ ރަށްވެހިކަން ގެއްލޭ ގޮތައް އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންޑިއާ ގައި ގެންދަނީ ވަރުގަދަ މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރަތަކުގައި ފުލުހުން އެތައް ބަޔަކަށް އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙަސަނާ

  މިވަރު ނުބައިނުލަފާ ގައުމަކައް ނަސީދު ގޮސް އެކުރާތައުރީފު ދޯ މީނަހުންނާނީ ވަރައްއުފަލުން މީނާ ރާއްޖެއައިސް މިކުޅިނުފަށައިފިއްޔާ ރަގަޅު މޑޕ މީހުންނެރެގެން ދީނީެިލްމުވެރިން ނައއގޯނާކުރަންފަށާވެސްފާނެ މީނަގެ އައުވާނުން ކިއާގޮތައް ހަރުކަށިފިކުރު....

  62
  2
 2. ބުރުތުގާލް \އޮރެންޖާ

  އެ މުސްލިމް ޒުވާނާ އަށް ފާފަ ފުއްސަވާ ޝަހީދެއްގެ ދަރަޖަ ދެއްވާށި އޭނަ އެކީ އެއްޗެއް ކީ އަނިޔާ ކޮށް މަޖުބޫރު ކުރުވައި ގެން ﷲ ދެނެވޮޑިގެންވާނެ . މި ދިވެހިންނާ މެދު އެގޮތައްތައް ކަންތައްކުރަން އިންޑިޔާ ސަރުކާރަށް ބާރު ނުދީ ދިވެހިން ހޭލާ

  69
  2
 3. ޑޮންޑޮން

  އަދި މި ދިވެހިރާއްޖެވެސް ތި ދުވަސް ދެކޭނެ ލާދީނީ ވެރިން ވެރިކަމުގަ ތިބެޖިއްޔާ....ނަޝީދު ބޭނުންވަނީ ފެށުނީއްސުރެ ރާއްޖޭގެ ދީން ބަދަލުކުރަން. އޭނަޔައް އެފުރުސަތު ދިނުމާ ނުދިނުން އޮތީ ރައްޔިތުންގެ އތްމަތީގަ...ކުރިޔެކޭ އެއްގޮތައް މިފަހަރުވެސް މި ލާދީނީ ވެރިކަން ވައްޓާލާނެނަމަ ކިހާރަގަޅު....ރައްޔިތުނޭ....މި ގައުމާއި މި ދީން ދެކެ ލޯބިވާނަމަ ތިހެން ނިދާފަ ނުތިބެ ހޭލަންވީ....ގައުމު ހަމަ މަގައް އަޅުވަން އަތުކުރި އޮޅާލަންވީ....މި ނުބައި ސުންޕާ ބައިގަނޑުގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާންދޭވެ....!!!އާމީން!!

  19
  • މަރިޔަމް

   ރާއްޖޭ ރައްޔިތުން މިހާރުވެސް ފެންނަން ފަށައިފި.

   10
 4. ހަރުކަށި

  ކޮންހަރުކައްޓެއް މަޑުކައްޓެއްކިޔާކަ މޯދީއައްވުރެ ފިކުރުަ ހަރުކަށި މީހަކުހިޔެއްނުވޭ މިހާރު ދުނިޔެއިން ފެނިދަނެހެން ތިޔަބުނާ މިހަކު އޭނަޔާ އގުޅެނީ މަޑުކަށިވީމަތަ. ﷲދުނޔެ އުފައްދަވާ އިސީންނަ ޖިއްނި ހައްދަވާަަެަެުުުުުުަަެަެުުުުުުނިޔެެ އާބަދުކުރައްވާ ގުނައދަދު ނުވާހާނިޢްމަތް މިބައިމީހުންނަށްދެއްވިމަ ބޮޑާވެ އެކަލާނގެއަށް އޅުކަންކުރަމީހުން މަރާހުސްކުރަނީ. ނަޢްމަތް ދެއްވިފަރާތަށް ޙަރާމްކޯރު ވުމަށްވެ ހަރުކަށިނުބައިބަޔަކު އުޅޭނެ ތަ؟!!!!!!؟؟؟؟؟؟!!!!!