ޖޯޑަން އިން ވެސް ކޮވިޑް-19 ފެނިފައިވާކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ، އެ ގައުމުން އެކަކުގެ ގައިން ކޮވިޑް-19 ފެނިފައިވާ ކަމަަށެވެ. އެ މިހާއަކީ ދާދި ފަހުން އިޓަލީން އެ ގައުމަށް އައި މީހެއްކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ޕެޓްރާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައި ވެއެވެ.

އަދި އެމީހާ އިޓަލީން އެނބުރި އައިތަނާހެން ކަރަންޓީންކޮށްފައިވާ ކަމަށާއި، އަދި މިހާރު އޭނާ ޕްރިންސް ހަމްޒާހް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މިއީ މި ވައިރަސް ފެނުނު 72 ވަނަ ގައުމެވެ. މީގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެއެވެ. އަދި ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު