ކޮވިޑް-19 ޖެހިގެން ދެކުނު ކޮރެއާ އިން އިތުރު ފަސް މަރުވެ، 467 މީހަކު އެ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ވައިރަސް ޖެހިގެން އެ ގައުމުން މިހާތަނަށް 40 މީހަކު ވަނީ މަރުވެފައެވެ.

އަދި އެ ގައުމުގައި މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6088 އަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން 52 މީހެއްގެ ހާލު ސީރިއަސް އެވެ.

ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ވައިރަސް ފުރަތަމަ ފެތުރެންފެށި ޗައިނާއިންނެވެ. ދެކުނު ކޮރެއާއަކީ ޗައިނާ ފިޔަވައި މި ވައިރަސް އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ.

އެގައުމުގެ ސަރުކާރުން އަންނަނީ ވައިރަސް ފެތުރެމުން އަންނާތީ އެކަމުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަރުވާއެއް ހޯދިފައި ނުވާ މި ވައިރަސް މިހާތަނަށް 86 ޤައުމަކުން ފެނިފައިވާއިރު، އެގައުމުތަކުން ޖުމްލަ 3،300 އަށްވުރެ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މި ވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިންޗޮން

    ތިމީހުން ތިކަން ކޮންޓްރޯލް ކުރާނެ. ޖެހޭ އިރަށް މަރާލާނެ. ވައިރެސް ފެތުރުމުގެ ކުރިން އަންދައިލާނެ