ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ގައުމު ކަމަށްވާ ސްޕެއިން އެއްކޮށް ކަރަންޓީން ކޮށްފިއެވެ.

ސްޕެއިން އެއްކޮށް ކަރަންޓީން ކޮށްފައިވާކަން އެގައުމުގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

މިގޮތަށް އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. ސްޕެއިން އެއްކޮށް ކަރަންޓީން ކުރުމާއި ގުޅިގެން މިހާރު އެގައުމަށް ދާން ދަތުރުކޮށްފައިވާ ފްލައިޓްތައް ވަނީ އެހެން ގައުމުތަކަށް ޑައިވާޓް ކޮށްފައެވެ.

ސްޕެއިން ކަރަންޓީން ކޮށްފައިވާ މިދަނޑިވަޅުގައި ހަމަ އެކަނި ބޭރަށް ނުކުމެވެނީ ކާބޯ ތަކެތި ގަންނަދާ ފަރާތްތަކަށާއި ވަޒީފާ އަދާ ކުރާ ނުވަތަ ހޮސްޕިޓަލަށް ދާން ޖެހޭ ފަރާތްތަކަށް އެކަންޏެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ސްޕެއިން އިން ވަނީ 6,023 މީހަކު ރިޕޯޓް ކޮށްފައެވެ. އަދި އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 191 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޯންގޭ

    އަލްހާނުގެ މޫނު ފެންނަވަރުން އެއްޗެކިޔާލެވޭވަރެއްނޫން.? ވޯޓުފޯ އަލްހާން.