ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19، ”A” ގްރޫޕު ލޭ ހުންނަ މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގެ ސިއްހީ ތަޖުރިބާކާރުން ހަދާފައިވާ މި ދިރާސާއިން ބުނާ ގޮތުގައި”A” ގްރޫޕު ލޭ ހުންނަ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުއިރު”O”ހުންނަ މީހުންނަށް މި ބަލި ޖެހުން ކުޑައެވެ.

މި ފަރާތްތަކުން މިގޮތަށް ނިންމާފައިވަނީ ޗައިނާގައި އެކި ލޭ ގްރޫޕް ހުންނަ 2،000 އަށް ވުރެ ގިނަ މީހުންގެ ލޭ ނަގައިގެން ހެދި ޓެސްޓް ތަކަށް ފަހުއެވެ. އެ 2،000 މީހުންނަކީ މި ވައިރަސް ޖެހިފައިވާ މީހުންނެވެ.

އެފަރާތްތަކުން ވަނީ 2،000 މީހުންނާއި ބަލި ނުޖެހި ސިއްހަތު ރަނގަޅަށް ތިބި މީހުންނާއި އަޅާ ކިޔާފައެވެ. މި އަޅާ ކިޔުމުގައި”A” ގްރޫޕުގެ މީހުންނަށް ބަލިޖެހި ހާލު ދެރަވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ގްރޫޕުގެ މީހުން ބަލި ޖެހިގެން މަރުވާ އިންސައްތަވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ދިރާސާގައި ބައިވެރިވި 206 މީހުންގެ ތެރެއިން މަރުވި 85 މީހުންނަކީ”A” ގްރޫޕުގެ މީހުންނެވެ. ދެން މަރުވެފައިވާ 52 މީހުންނަކީ”O” ގްރޫޕުގެ މީހުންނެވެ.

މީގެ އިތުރުން ވުހާންގެ ޖިންޔިންތަން ހޮސްޕިޓަލުގައި 1،775 މީހަކު ފައްސި (ޕޮޒިޓިވް) ވެގެން ފަރުވާދެމުން ގޮސްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީވެސް “A” ގްރޫޕުގެ ލޭ ހުންނަ މީހުންނެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވެސް ވަނީ ޗައިނާއިންނެވެ. ސައިންސްވެރިންވަނީ މިހާރު މި ވައިރަސްއަށް ވެކްސިނެއް އުފައްދައި އެ ޓެސްޓް ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބޯހަލާކު

  މިހަމަ މިދަނޑިވަޅުގަ ލިޔަން ޖެހޭ ހަބަރެއްތަ

  8
  4
 2. ހުސޭނުބޭ

  ގަރުދިޔަމަސް ކާ މީހުން ގިނައިން ހުންނަނީ އޯ. ތިއީ މާތްރަސްކަލާނގެ އަހަރެމެނަށް ލެއްވި ރަޙްމަތެއް!

  9
  3
  • މަ

   އަހަރެންވެސް މީ ގަރުދިޔަމަސް ކާ މީހެއް އެކަމަކު މަގޭ ހުންނަނީ އޭ

 3. ޙާމިދު

  ބީ ގުރޫޕު މީހުން ނޫޅެނީތަ؟

 4. މާރިޔާ

  ދެންތިޔަވީ ލޭގެ ގުރޫޕު ބަދަލުކުރަންތާ އެހެންވީމަ.

 5. ހޫ

  'އޭ' ގުރޫޕުގެ ލޭ ހުންނަ މީހުން އެންމެ ގިނަވާނީ 'އޯ'ގުރޫޕުގެ ލޭ ހުންނަ މީހުން އެންމެ މަދުވާނީ ތީ ސައްހަ ހޯދުމެއް ނޫން އެހެންނޫނަސް ތީ ލެއަށް ޖެހޭ ބައްޔެއް ނޫން. ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް.

  • މަ

   ނޭނގެ ގަޅި ބައެއް