އިރާނުގައި ކޮވިޑް-19 ޖެހިގެން އިތުރު 123 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް އައިއިރު، އެ ބަލި ޖެހިގެން އިރާނުން ވަނީ 1،566 މީހުން މަރުވެފައެވެ. އިރާނުން އިތުރު 966 މީހެއްގެ ގައިން ވަނީ ބަލި ފެނިފައެވެ.

މިހާތަނަށް 20،610 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ރަނގަޅުވެފައި ވަނީ 7،635 މީހުންނެވެ.

އީރާނުން ވައިރަސް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ސިފައިންގެ އެހީ ފޯރު ކޮށްދިނުމަށް އެގައުމުގެ ރޫޙާނީ ލީޑަރު އާޔަތުއްލާ ޙާމެނީ މީގެ ކުރިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް ސީރިއަސް މައްސަލަތަކެއް ކުރިމައްޗެއް ނުވެއެވެ. ގިނަ މީހުންނަށް ކޮންމެވެސް ވަރަކަށް ހުން އައިސް ކެއްސުން ފަދަ ކަންތައްތައް ކުރިމަތިވުން ފިޔަވައި އިތުރު ސިއްހީ މައްސަލައެއް ކުރިމައްޗަށް ނުވެއެވެ. އެހެން ނަމަވެސް އުމުރުން ދުވަސް ވެފައިވާ މީހުންނާއި ސިއްހީ މައްސަލަ ހުންނަ މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.