ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި މައްކާ އިން އިތުރު 72 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިހާރު މިހާތަަނަށް މައްކާއިން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 125 އަށް އަރާފައެވެ.

އެ 72 މީހުންވެސް ފެނިފައި ވަނީ މައްކާގެ ހޮޓަލަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދި އަރަބިިއްޔައިން މިއަދު އެކަނިވެސް 119 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ޖުމްލަ އެކު މުޅި އެ ގައުމުން 511 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އުމްރާ އަށް މީހުން ދަތުރުކުރުން ވެސް ވަނީ ހުއްޓުވާލުމުގެ އިތުރުން ޓްއަރިސްޓް ވިސާ ދޫކުރުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. އަދި ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކައިލް

  އަވަސް ޝީފާ އެއް ދެއްވާށި. އާމީން

  13
 2. އަހުސަން

  ތިހެންވާންޖެހުނީ ސައޫދީގެވެރިންގެ ނުބައިކަމުން. މާތް ﷲ އިރާދަފުޅުން މަދީނާގައި ނުފެތުރޭ ދުޢާއަކީ މައްކާއިން ކޮރޯނާ ނެތިދިޔުން.. މިހާރު މިޔުޒިކާއި ލަވަ އަދި ރެސްލިންމުބާރާތްތައް ސައޫދީގައި ދަނީ ބާއްވާމުން...

  2
  1