އިންޑިޔާާގެ އަވަށެއް ކަމަށްވާ ޗެންނާއީގައި 25 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހެން އުޅުނު ފިރިހެނެއްގެ ޝިކާތައިން އެއަންހެން މީހާ ސަލާމަތް ކުރުމަށް އިންޑިޔާގެ ފުލުހެއް ދުއްވަމުން ދިޔަ ޓުރައިންއަކުން ފުންމާލައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމުގައިވާ "އިންޑިޔާ ޓައިމްސް" ގައި އިންޑިޔާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކު، އަންހެން މީހަކާ ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގަމުން ދަނިކޮށް އެއަންހެން މީހާގެ ހަޅޭކުގެ އަޑަށް އެފުލުސް މީހާ ދުއްވަމުންދިޔަ ރޭލަކުން ފުންމާލާފައިވާ ކަމަށެވެ.

އަދި މިފުލުސްމީހާ އެކަން ހިނގަމުން ދިޔަ ސަރަހައްދަށް ދިޔައިރު، އެއަންހެން މީހާގެ ތުންފަތުން ލޭއަންނަމުންދިޔަ ކަމަށާއި އަދި އެއަންހެން މީހާގެ ހެދުން ވީދާލައިފައިވާކަމަށް އެނޫހުން ބުނެއެވެ. މިކަންކުރި އުމުރުން 26 އަހަރުގެ ފިރިހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައިވާއިރު، މިއަންހެން މީހާ ރޭޕް ވުމުން ސަލާމަތްކޮށްދިނުމަށް ފުލުސް މީހާ ނެންގެވި ހުށިޔާރު ފިޔަވަޅަށް ގިނަ މީހުންގެ ތައުރީފް ދަނީ އޮހެމުންނެވެ.

އިންޑިޔާގައި ރޭޕްގެ މައްސަލަ ބޮޑުވެ، ދާދިފަހުންވަނީ ރޭޕް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ބަދަލުތަކެއް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަަަަާަެއާމިނަ

    ވަރަށް ރަނގަޅު. ތިޔަކުރި ހިތްވަރަށް ހަމަ ސާބަސްދެން.???

  2. އަލީ

    ތި މީހަކަށް ހަމަ ސާބަސް.

  3. Anonymous

    ފުޓްބޯޅަ ދަނޑުގައިނަމަ ސީދާ ދަނގަޑޭ

  4. އިބްރާހިމް

    ފަށްފަށުން ޝުކުރު ދަންނަވަން

  5. ގައުމު

    މިގައުމުގަ ސިފައިން މާ ކުޅަދާނަ ޕެޕަސުޕުރޭޖަހާ ފޭރިގެން ދާއިރު ހެވިފަ ސިޔާސީ މީހަކު ވެއްޖިއްޔާ މަރާފަ ވެސް ދަމާފަވެސް ހޯދާނެ

  6. މި

    މާޝާﷲ ގުޑް

  7. ގައުމީ ޖަނގިޔާ

    ދިވެހި ފުލުހުން ތިބެންވާނީ އެމީހުންގެ ވެރިން ދައްކާދިން ގޮތުގާ. ލެއްވިހާ ހަރާމްކަމެއް ކުރުމުގާ. މުސާރަ ކޮޅު ނަގާ ޖީބަށް ލާގެން ޑޮކިއުމަންޓް ކުރާ ނަމްބަރު ޖެހުމުގާ. ޓްޕްރޮޓެކްޓް އަމިއްލަ އެދުން

  8. އެންދެމޭ ބޭބެ

    އައްދޭ މީނާ އަމީތާބަށްވުރެ ވެސް މޮޅު ދޯ!

  9. އެއްމެން

    ސާބަސް. ވަރަށް ހިއްވަރގަދަ ހެޔޮ އަމަލެއް.