ކޮވިޑް-19: ސައުދީ އަރަބިއްޔާގެ ޖިއްދާ ފުރަބަންދުކޮށްފި

މިހާރު ހަލުވި ކަމާއި އެކުު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރެހާއި ގުޅިގެން ސައުދީ އަރަބިއާގެ ޖިއްދާ އަށް ވަނުމާއި އަދި އެތަނުގައި ތިބި މީހުންނަށް ނުނިކުމެވޭނެހެން ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

ސައުދީގެ އިންޑީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެސަރަހައްދުގައި ކާފިއު އިއުލާން ކުރުމަށް ނިންމާފައި ވަނީ ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރޭ މިންވަރު ކުޑަކޮށް އެގައުމުން މުޅިންހެން އެ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

މީގެ ކުރިން މިރޭ ހަތެއް ޖަހާއިރު ކާފިއު އިއުލާން ކުރުމަށް ނިންމާފައި އޮތް ނަމަވެސް މިހާރު ކާފިއު އިއުލާން ކުރުމަށް ނިންމާފައި ވަނީ މިއަދު މެންދުރުފަހު ތިނަކުން ފެށިގެންނެެވެ.

ސައުދީ ސަރުކާރުން ވަނީ މި ވައިރަސް ފެތުރެން ފެށުމާއި އެކު ދެހަރަމްފުޅު ބަންދުކޮށް، އެތަންތަން މީގެ ކުރިން ސާފުކުރަމުން އައި މިންވަރަށްވުރެ އިތުރަށް ސާފުކުރުމަށް ނިންމާފައެވެ. އަދި ސައުދީ ސަރުކާރުން މިހާރު ވަނީ އެގައުމުުގެ 13 ސަރަހައްދަކަށް ދަތުރުކުރުން މަނާކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މައްކާ އާއި މަދީނާވެސް ވަނީ ބަންދުކޮށްފައެވެ.

މިއަދު ކާފިއު އިއުލާން ކުރި ނަމަވެސް މިމަހުގެ ކުރީ ކޮޅުގައި ވަނީ އެގައުމުގެ ވިޔަފާރި މޯލްތަކާއި ޕާކުތައް ބަންދުކޮށްފައެވެ. އާދި މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެއްވެސް ކެފޭ ރެސްޓޯރެންޓެއްވެސް ނުހުޅުވޭ ގޮތަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣައްޒާ

    ޥެރިކަމުގައި ތިބި މީހުންގެ ނިމުން ކައިރިވެ ދުނިޔެ އަށް ފާގަތިކަން ލިބުން ކައިރިވެއްޖެ.

    1
    1