ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން އިތުރު 327 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ބެލްޖިއަމް އިން ފާއިތުވި 24 ގަޑިއިރު 327 މީހަކު މަރުވެފައިވާ އިރު، އިއްޔެ އެގައުމުން މި ބަލި ޖެހިގެން 496 މީހަކު މަރުވެފައިވެއެވެ. މިހާރު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 3,346 އަށް އަރައިފައެވެ.

ބެލްޖިއަމް އަކީ މިހާތަނަށް ދުނިޔެއިން 10 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ.

ފާއިތުވި 24 ގަޑިއިރު އެގައުމުން 1,351 މީހަކު ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މި ބަލި ޖެހިގެން މިހާތަނަށް 28,018 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. ބެލްޖިއަމް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5,986 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ސީރިއަސް ހާލުގައި 1262 މީހަކަށް އެޤައުމުގައި ފަރުވާދެމުން ދެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ރިޕޯޓް ކޮށްފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު