ފަގީރު ގައުމުތަކުގައި ކޮވިޑް-19 ފެތުރި، އެއް ބިލިއަން މީހުންނަށް ބަލި ޖެހި އޭގެ ތެރެއިން ތިން މިލިއަން މީހުން މަރުވެދާނެ ކަމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމެޓީ (އައިއާރްސީ) އިން އާއްމު ކުރި ރިޕޯޓެއްގައިބުނެފިއެވެ.
މި ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ 34 ގައުމެއްގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތައް ދިރާސާ ކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ސީރިއާ އަދި ޔަމަން ވެސް ހިމެނެއެވެ.
"ވަރަށް ރަނގަޅަށް މަސައްކަތް ނުކުރެވިއްޖެނަމަ، އަދި މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ވުރެ އިތުރަށް، އިތުރު ގިނަ މަސައްކަތްތަކެއް ނުކޮށްފިނަމަ ކުރިއަށް އޮތް ހަފްތާތަކުގައި އެއް ބިލިއަން މީހުންނަށް ބަލި ޖެހި 1.5 މިލިއަން މީހުންނާއި 3.2 މިލިއަން މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ހިނގައިދާނެ." ރިޕޯޓްގައި ބުނެފައި ވެއެވެ.
އައިއާރްސީގެ ވެރިޔާ މިލިބާންޑް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން ކޮވިޑް-19 އަށް ތައްޔާރު ވާން ދެން މާގިނަ ދުވަހެއް ނެތް ކަމަށެވެ.
"މުއްސަނދި ގައުމުތަކުން އެހެން ގައުމުތަކަށް އެހީތެރިވާން އެބަޖެހޭ. ހަމައެކަނި ތިމާމެންގެ ގައުމާއި މެދު ވިސްނަން ތިބެގެން މިކަމުން އަރައެއް ނުގަނެވޭނެ. އަދި ހަމައެކަނި މުއްސަނދި ގައުމުތަކުން އެގައުމުތަކާއި ދޭތެރޭ ވިސްނާނަމަ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ." މިލިބާންޑް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރެއްވި މިލިބާންޑް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ފެންނަމުން ދަނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށާއި އެމެރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އަށް ދެމުން އައި މާލީ އެހީ ހުއްޓާލުމަކީ ފަގީރު އެތައް ގައުމަކަށް އެކަމުގެ އަސަރު ކުރާނެ ވަރަށް ހިތާމަވެރި ނިންމުމެއް ކަމަށެވެ.
އައިއާރްސީ އިން ލަފާ ކުރާ ގޮތުގައި މެއި މަހުގެ މެދާއި ހަމައަށް ދާއިރު އެފްރިކާގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާނެއެވެ.
"އެފްރިކާގެ ގިނަ ގައުމުތަކުގައި ހަމައެކަނި ނެތީ ވެންޓިލޭޓަރެއް ނޫން. އަތް ދޮންނަން ބޭނުންވާ ސެނެޓައިޒާ ވެސް ނެތް. ގިނަ ބަޔަކަށް އެންމެ ރަނގަޅު މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތް. އެހެންކަމުން އެފްރިކާގެ ގައުމުތަކުގައި ބަލި ފެތުރިގެން ދާނެ ހާލަތައް ދުނިޔެ އިން ތައްޔާރު ވާން އެބަޖެހޭ. އެހީތެރިކަން ފޯރުކޮށްދޭން އެބަޖެހޭ." މިލިބާންޑް ވިދާޅުވިއެވެ.
އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެން ފަށައިފިނަމަ ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ ދީފައެވެ. ނަމަވެސް އެފަދަ ހާލަތަކަށް ޑަބްލިއުއެޗްއޯ އިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވަމުން ނުދާ ކަމަށް ބުނެ ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އަންހެނަކު ހުރި ތަނެ އް ކުރި ެެެެެ އަރ ާ ނުދާނެ ކަމަށް އޮންނަނީ ަ
ތިކިޔާ ފަޤީރު ޤައުމުތަކުގައި އުޅޭ މީހުން ސަލާމަތްވާން ކުރަން ދަންނަކަމެއް އޮވޭ! މާތްﷲއަށް ވަކީލުކުރުން! އެކަން ކުރާކަށް ކަލޭމެންނަކަށް ނޭގޭނެ! މިހާރުވެސް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން މިކަމުގައި އެންމެ ބަލިކަށީ މުއްސަދި ޤައުމުތައް!