އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްއަށް ނިރުބަވެރި ޖަމާޢަތަކުން ވަދެ، އެ ހޮސްޕިޓަލުގައި ތިބި އަލަށް އުފަންވީ ދެ ކުއްޖަކާއި އިތުރު 11 މީހަކު މަރާލައިފިއެވެ.

މި ހަމަލާ އާއި ގުޅިގެން އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ހަތިޔާރު އެޅި ބަޔަކު ވަދެ އެތަނުގައި ތިބި ނަރުހުންނާއި ޑޮކްޓަރުން އަދި ބަލި މީހުން ހިމެނޭ ގޮތަށް ގިނަ ބަޔަކަށް ހަމަލާ ދީފައިވާއިރު، ހޮސްޕިޓަލް ތެރޭގައި ގޮވާތަކެތިވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 11 މީހަކާއި ތުއްތު ދެކުއްޖަކު މަރުވެފައިވާއިރު، އިތުރު 15 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ދަނީ ފަރުވާދެމުންނެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ، މި ހާދިސާ ހިނގުމާއެކު އެޤައުމުގެ އަސްކަރިއްޔާގެ ޚާއްސަ ޓީމަކުން ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށެވެ. އަދި ސިފައިންނާއި ނިރުބަވެރިންނާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު މި ހަމަލާތަކުގައި ހޮސްޕިޓަލަށް ވަތް ތިން ނިރުބަވެރިއަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނިރުބަވެރިން ހޮސްޕިޓަލަށް ވަދެފައި ވަނީ ސިފައިންގެ ޔުނީފޯމުގައި ތިބެގެންނެވެ. މި ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގައި 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ނޫސްތައް ބުނެއެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން އެ ހޮސްޕިޓަލުގައި ތިބި މީހުން މިހާރު ވަނީ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައެވެ.

މި ހަމަލާ ދިނީ ސީދާ ކޮން ޖަމާޢަތަކުން ކަން އަދި އެނގިފައި ނުވާއިރު، މިއީ ތާލިބާނުން ދިން ހަމަލާއެއް ނޫން ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. އެހެންކަމުން މި ހަމަލާގެ ފަހަތުގައި ތިބީ ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ހަނގުރާމަވެރިން ކަމަށް ވަނީ ބެލެވިފައެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން މީގެ ކުރިންވެސް މިފަދަ ނިރުބަވެރި އެތައް ހަމަލާއެއް ދީފައި ވީނަމަވެސް، ހޮސްޕިޓަލްތަކަށް ހަމަލާތައް އަމާޒެއް ނުކުރެއެވެ. ކާބުލްގެ ހޮސްޕިޓަލަށް ހަމަލާ ދީފައި މިވަނީ އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން އެޤައުމުގައި ހަރަކާތްތެރިވާ އައިސިސް ހަނގުރާމަވެރިންނާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ވެސް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މި އޮޕަރޭޝަނުގައި، ދެކުނު އޭޝިއާ ސަރަޙައްދަސް އައިސިސް އިން ކަނޑައަޅާފައި ހުންނަ ލީޑަރާއި އެ ޖަމާޢަތުގެ އެނޫންވެސް އިސް ބައެއް ނިރުބަވެރިން އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯލްޑިވިޔަން

    މީ ކަނޑަ އެޅިގެން ދޮގެއް.މުސްލިމުން ބަދުނާމު ކުރަން ދައްކާ ވާ ހަކަ.މީ ހިންދޫންގެ ބަޔަކު ކުރި ކަމެއް

    4
    2
  2. ސޭހް

    ތީ ހަމަ އެވެސްކަމެއްނޫން ބިރުބޮޑީ މިނިވަން ފިކުރު

  3. ??

    ސަބުހާނަ ﷲ
    ހެޔޮނުވާނެ އެ ހެން ހަދަން
    ތުއްތު ތުއްތު ފުރާނަ ތަކެއް

  4. އަލީރަމީން

    ސުންނީ މުސްލިމުން އެއީ ނިރުބަވެރީންތަ؟

  5. މޯލްޑިވިޔަން

    މުސްލިމުން ތާ؟؟؟؟؟؟