އަވައްޓެރި އިންޑިއާއަށް ވެލީގެ ތޫފާނެއް އަރައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި، މި ތޫފާން އަރާފައިވަނީ އިންޑިއާގެ އުތުރުން ރާޖަސްތާނާއި އުއްތަރ ޕްރަދޭޝް ހިމެނޭ ސަރަޙައްދަށެވެ. އެގޮތުން މި ތޫފާނުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ ޢަދަދު 98 އަށް އަރާފައިވާއިރު، 140 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަށްވުމާއި އެކު، ތޫފާނުގެ ބާރުމިން އަދިވެސް އިތުރުވަމުންދާތީ، އޮފިޝަލުން ބުނެފައިވަނީ ތޫފާނުގައި މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެފަރާތްތަކުން ބުނެފައިވަނީ، މީހުންގެ އިތުރުން މިހާތަނަށް ތޫފާނުގެ ސަބަބުން 150 އަށްވުރެ ގިނަ ޖަނަވާރުތައްވެސް މަރުވެފައިވާކަމަށެވެ.

މިއީ ފާއިތުވެދިޔަ 25 އަހަރުގެ ތެރޭގައިވެސް އިންޑިއާއަށް އެރި މިފަދަ އެންމެ ގެއްލުން ބޮޑު ތޫފާނެވެ. މި ތޫފާނުގައި އިންޑިއާގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ.

އިންޑިއާއަށް ވެލީގެ ތޫފާން އަރަމުން މިދަނީ، އެޤައުމުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ މޫސުމީ ހާދިސާތައްވެސް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ހޮނު އެޅުމުގެ ސަބަބުންވެސް ގިނަ ޢަދަދެއްގެ ބަޔަކު އެޤައުމުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބެ

  އަދިވެސް މުސްލިމުން ނަމާދުކުރަން ތިއްބާ ދުއްތުރާ ނުކޮށް އިސްލާމްދީނަށް ރުޖޫޢަވެ ﷲއަށް ބިރުވެތިވޭ.

 2. ާވަތުބަތާނަ

  އަދިވެސް ނުވިސްނޭނެ ދެންވެސް ރޭޕުކުރުން ހުއްޓާލާ ތައުބާވޭ

 3. ާަަައައިސަތު އިކުރާމާ

  މުސްލިމުންނަަށް އަހުވާ ދައްކާ މުސްލިމުން ނައްތަާލަން އުޅެންްްޏާ ހުރިކަމެެެއްވެސް ކުރިމަތިވާނެ.

 4. ދަންޑެހެލު

  އަދިވެސް ހައްޤުގެ މަގަށް ރުޖޫއަވާކަށް ނުވޭތޯ. ﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ ބާތިލް އިލާހުންތައް ދޫކޮށްލަން ނުވޭތޯ؟

 5. މާމިގިލީ މީހާ

  ﷲގެ ކޯފާއެއް ތީ.. އަދިވެސް ރޭޕް ކޮއް މީހުން މަރާ.

  • ؟؟؟؟

   އަސްލުވެސް.....

 6. އައްޑޫގޫބައްޑާ

  ގެރިއެއްމަރުނުވެއްޖެނަމަ އޯކޭވާނެ