ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާނީ ޔަމަނުން ކަމަށް ޔަމަންގައި ވަކި ދައުލަތެއް ގާއިމު ކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.

ހޫތީން ޔަމަންގައި ހިންގާ ސަރުކާރުގެ ހެލްތު މިނިސްޓަރު ތަހާ އަލް-މޮތަވަކެލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާނީ ޔަމަނުން ކަމަށް ބުނީ، ކޮވިޑް-19 އާއި ގުޅިގެން ހޫތީންގެ ބާރު ހިނގާ ސަރަހައްދުތަކުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އެކަމާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ.

"ވަރަށް ގާބިލް ޑޮކްޓަރުންނާއި، ފާމަސިސްޓުންނާއި، އެކުވެރިންގެ އެހީގައި ކޮވިޑް-19 އަށް ވެކްސިން އުފައްދާނެ ގައުމަކަށް ވާނީ ޔަމަން. އަހަރެމެން މިދަނީ ޑޮކްޓަރުންނާއި ފާމަސިސްޓުންނާއި އަދި އެކުވެރިންނާއި ގުޅިގެން ލެބޯޓްރީތަކުގައި ދިރާސާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކޮވިޑް-19 އަށް ޔަމަނުން ވެކްސިނެއް އުފައްދާނެ." ތަހާ ބުންޏެވެ.

ހޫތީން ބުނާ ގޮތުގައި އެމީހުންގެ ބާރު ހިނގާ ސަރަހައްދުތަކުން އަދި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެންމެ ހަތަރު މީހުންނެވެ. ނަމަވެސް "އޭއެފްޕީ" އިން ބުނާ ގޮތުގައި ހޫތީންގެ ބާރު ހިނގާ ސަރަހައްދުތަކުން 283 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 65 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ޑިވައިސްއެއް އުފައްދާފައިވާ ކަމަށް ވެސް މިދިޔަ މަހު ހޫތީން ބުންޏެވެ. ނަމަވެސް ފަހުން އެޑިވައިސްގެ މައުލޫމާތެއް ދީފައެއް ނުވެއެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެ އެއް ގައުމެއްގެ ގޮތުގައި ތަޖުރިބާކާރުން ޔަމަން ފާހަގަ ކުރެއެވެ.

2011 ވަނަ އަހަރު ޔަމަންގެ އޭރުގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތައް ފަހުން ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، މިހާރު މުޅި ގައުމު އޮތީ ސުންނާފަތި ވެފައެވެ. އަދިވެސް ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، އެތައް މިލިއަން ރައްޔިތުންނެއް ތިބީ ކާބޯތަކެތި ނުލިބި ބަނޑަށް މަރުވާ ހިސާބުގައެވެ. އެއްވެސް ވަރަކަށް ސިއްހީ ޚިދުމަތެއް ނުލިބޭ އެތައް މިލިއަން ރައްޔިތުންނެއް އެގައުމުގައި އެބަތިއްބެވެ. އެހެންކަމުން ކޮވިޑް-19 ފެތުރެން ފަށައިފިނަމަ، ޔަމަނުން އެތައް ބަޔަކު މަރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިންޓަލިޖެންސް

  ޔަމަނުގެ ހޫތީން ނަކީ ހަނގުރާމައިގެ ގޮތުން އަދި ބޭސްވެރިކަމުގެ ގޮތުން ތިހާކުޅަދާނަ ވަނީ އީރާން ގެ ސަބަބުން..ތިއީ އީރާނުން އުފެއްދި ހަނގުރާމަ ވެރި ޖަމާއަތެއް.. މިސައިލް ތަކާއި މެޑްސިންގެ ކުޅަދާނަކަން ހޫތީން ނަށް ދެނީ ތެހެރާނުން.

  6
  2
  • ގޮތްނޭގޭ ބާރު

   ސައޫދީ އާއި ގަލްފުގެ ހުރިހާގައުމުތައް އެއްބައިވެގެންވެސް ހޫތީން ބަލިނުވިތާ

   4
   1
 2. ޔސރ

  ހޫޘީންނަކީ ރާފިޟީން، އުފެއްދީ ރާފިޟީ މަޖޫސީ ދައުލަތް އީރާނުން، މުސްލިމުންނޭ ކިޔަސް ޔަހޫދީންނާ ނަސާރާއިންނަށްވުރެ މުސްލިމުންގެ މައްޗަށް އަދާވާތްތެރި ކަން ބޮޑު، ހުސް ކުފްރުގެ ކަންކަން އެބައިމީހުންގެ އަގީދާގައި. މުޅި ޔަމަނު ފަސާދަކޮށްފި އެތަނުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް. ތި މީހުންނަށް ވާނެ ކަމަކީ މައްކާއަށް މިސައިލް ހަމަލާ ފޮނުވުން.

  3
  5
  • ރަނގަޅުވާހަކަ

   ޝީއީން ނަކީ ރަގަނޅު ބައެއްނޫން..އެކަމަކު މުސްލިމުންނޭ ކިޔައިގެން ވަކިތި ސައޫދީ އަކީ ވެސް ރަނގަޅު ބައެއް ނޫން...ތި ސައޫދީ އަށްވާނެކަމަކީ އެމަރިކާ އާއި އިސްރާއީލް ފައިބުޑަށްވެއްޓި ދޫހޭކުން.

   7
   1
   • Anonymous

    މާބޮޑަށް އެނގިފަ ތި އޮތީ، އިސްލާމް ދީނާ ތައުހީދާ ސުންނަތުގެ ކަންފުޅެއް ވެސް އެނގޭ މީހަކު ސައޫދީ އަށް އިޙްތިރާމް ކުރާނެ، ސައްހަ އަގީދާއާ މުސްލިމުންނަށް ޓަކައި ވާ ގުރުބާނީ އެގައުމުން ކަލޭމެނަށް ނޭނގިހުރެ މީޑިޔާއިން ފަތުރާ ޚަބަރުތައް އެނގޭނީ.
    ދޮގު ވާހަކަތައް މުޅިންވެސް، އިސްރާއީލްއާ އެއްވެސް ގުޅުމެއް ބާއްވާ ގައުމެއް ނޫން ސައޫދީ އަކީ.
    އަދުގެ ދުނިޔޭގައި ސައިންސާ ޓެކްނޮލޮޖީ އޮތީ ޔޫރަޕްގަ ވީމާ އެ ގައުމުތަކާ ގުޅުން ބާއްވައިގެން ތަރައްގީ ވާން މަސައްކަތް ކުރުމަކުން މައްސަލައެއް ނޯންނާނެ

    1
    1