ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވި އެއް ގައުމު ކަމަށްވާ އިޓަލީގެ ބޯޑަރުތައް ހުޅުވާލައި، ޔޫރަޕުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

އެ ގައުމު ފަތުރުވެރިކަމަށް ހުޅުވާލީ މިއަދުއެވެ.

ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑުވި އެއް ގައުމުކަމަށްވާ އިޓަލީން ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލާފައި ވަނީ، ތިން މަސް ދުވަހުގެ ފުރަބަންދަކަށް ފަހުއެވެ.

ސީޒަނާއި ދިމާކޮށް، އިޓަލީން މިހާރު ބަލަމުން ދަނީ ފަތުރުވެރިކަން ކުރިއެރެވޭތޯ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން އިޓަލީގެ ފަަތުރުވެރިކަމަށް މަޝްހޫރު ވެނީސްގެ ހޮހޮޅަތަކުގެ ތެރެއިން ގޮންޑޮލާސްގައި ދަތުރު ކުރަން ފުރުސަތު ލިބޭނެއެެވެ. ލޯބިވެރިންނަށް ރޯމިއޯ އާދި ޖޫލިއެޓްގެ ވެރޯނާ ބެލްކަނީ އެ ހުރީ ތައްޔާރަށެވެ. ގްލެޑިއޭޓަރގެ ފޭނުންނަށް ރޯމްގެ ލޮލޭސިއަމްގައި ސެލްފީ ނަގަން ހަމަ ދާންވީއެވެ.

އެހެން ނަމަވެސް ފަތުރުވެރިން އެ ގައުމަށް ދިއުމަށް ބިރުން ތިބޭ ކަމުގެ އިޝާރާތްތައް ކުރަމުންދަ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕްގައި އެންމެ ފުރަތަމަ އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު އިޓަލީގައި މި ވައިރަސް ޖެހިގެން މިހާތަނަށް 33000 މީހަކު ވަނީ މަރުވެފައެވެ. އެ ބަލި ފެތުރުން ފެށުމާއެކި އެ ގައުމު ފުރަބަންދު ކުރިއެވެ. އަދި ކުއްލިއަކަށް އެ ގައުމުގައި ބަލި ފެތުރި، މީހުން މަރުވާން ފަށައި، މިހާރު އެ ގައުމު އޮތީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ގައުމު އަދި ފަތުރުވެރިކަމަށް ހުޅުވާލީ ޔޫރަޕްގެ ގައުމުތަކަށް އެކަނި ކަމަށްވާއިރު، އެ ފްލައިޓްތައް ދަތުރު ކުރާނީ ހަމައެކަނި މުހިންމު ތިން ސިޓީއަށް އެކަންޏެވެ. އެއީ މިލާން، ރޯމް އަދި ނެޕްލްސްއަށެވެ.

އެހެން ނަމަވެސް އެ ގައުމަށް ކާރުގައި، ނޫނީ ރޭލުގައި ނޫނީ ފެރީގައި އަންނަ އަވައްޓެރި ގައުމުތަކުގެ މީހުން އެހެން ސިޓީތަކަށް ދަތުރުކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިޓަލީއަށް އަންނަ ޔޫރަޕްގެ އެހެން ގައުމުތަކުގެ މީހުން، އެ ގައުމަށް ގޮސް އެކަހިރިވާން ނުޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިޓަލީ ފުރަބަންދު ކުރުމާއި ގުޅިގެން ފަތުރުވެރިކަން އެ ގައުމު ވަރަށް ނާޒުކު ދަނޑިވަޅެއްގައި އޮތްއިރު، ބައެއް ހޮޓާތަކުގެ އަގުތައް ބޮޑުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު