ކޮވިޑް-19 އާ ދެކޮޅަށް ނިއު ޒިލެންޑުން ހޯދި ކާމިޔާބީއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ނައްޓަވައިފިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ އެ ބަލިން ރަނގަޅުވުމާއެކު، އެ ގައުމުގައި އަޅާފައިވާ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އުވާލައި، އެ ގައުމު އާންމު ހާލަތަކަށް ދިއުމަށް ވަނީ ނިންމާފައި ވަނީ އެ ގައުމުގައި ބަލި ޖެހިފައި ހުރި މީހަކު މިހާރު ނެތީމައެވެ.

އެންމެ ފަހުން، އެ ގައުމުން ބަލި ޖެހިފައިވާ މީހަކު ފެނިފައި ވަނީ މީގެ 17 ދުވަސް ކުރިންނެވެ.

ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިއު ޒިލެންޑްގެ ބޮޑުވަޒީރު ވިދާޅުވީ އެ ގައުމުގައި އެއްވެސް މީހަކަށް ބަލި ޖެހިގެން ފަރުވާ ދެމުން ނުދާ ކަން އެނގިވަޑައިގަތުމާ އެކީގައި "ކުޑަކޮށް ނެއްޓެވި" ކަމަށެވެ. އަދި އޭނާ ނެއްޓެވުމާ ގުޅިގެން އެ ގައުމުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ޑރ. އޭޝްލީ ބްލޫމްފީލްޑްގެ މޫނު މަތިން ހިނިތުންވުން ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

އާންމު ހާލަތުގައި ނިއު ޒިލެންޑްގައި ފިހާރަތަކާއި ރެސްޓޯރަންތުތަކާއި އޮފީސްތައް ހުޅުވުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އަދި ބޭރުގައި އުޅޭ އިރު، އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ނުދިން ކަމުގައި ވިޔަސް، އެއީ މިހާރު މައްސަލައެއް ނޫން ކަމަށްވެއެވެ.

ނިއު ޒިލެންޑްގައި ކޮވިޑް-19 ބަލީގައި ފަރުވާދޭ މީހަކު މިހާރު ނެތް

ނޫސްވެރިންގެ ބައްދަލުވުމުގައި ބްލޫމްފީލްޑް ވިދާޅުވީ ކޮވިޑް-19 ޖެހިފައި ހުރި މީހަކު ނުފެނި ގިނަ ދުވަސްވުމަކީ ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި ހޯދި ކުރިއެރުމެއް ކަމަށެވެ.

އަދި ބަލި ޖެހިފައި ހުރި މީހަކު ނުފެނި ގިނަ ދުވަސްވުމަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިއު ޒިލެންޑްގައި ފުރަބަންދު އުވާލި ނަމަވެސް އެ ގައުމުގެ ބޯޑަރު އަދިވެސް ވަނީ ބަންދުކޮށްފައެވެ. އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި ބޯޑަރުތައް ބަންދު ކުރިޔަސް، އެ ގައުމުގެ ރައްޔިތުންނާއި ދިރިއުޅޭ މީހުންނަށް އެ ގައުމަށް އައުމަށް ހުރަހެއް ނެތެވެ.

ކޮވިޑް-19 ޖެހިފައި ތިބި ބަޔަކު ނެތް ކަމަށް ކަނޑައެޅި މަދު ގައުމުތަކުގެ ތެރޭގައި ނިއު ޒިލެންޑް ހިމެނެއެވެ.

އާބާދީގައި ފަސް މިލިއަން މީހުން ދިރިއުޅެމުން އަންނަ ނިއު ޒިލެންޑުން 1,504 މީހެއްގެ ގައިން ބަލި ފެނުނު އިރު، މި ބަލީގައި އެ ގައުމުން މަރުވީ އެންމެ 22 މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯޖަލީލު

  ސާބަސް ކަމަނާ މިރޭވެސް ނައްޓުވާލާ...

  15
 2. ސައިންޓިސްޓް

  ޚޮން ނެއްޓުމެއްތަ. ޥާނުވާ އެނގޭ ގޮތަށް އެއްޗެހި ލިޔެބަލަ

  23
  1
 3. އަބް

  އޯކޭ... ތިއީ ފިސާރި ކަަބަލެއް، މި ޤައުމުގެ ލީޑަރުންނޭ ކިޔާ ބޭފުޅުން އެބަ ޖެހޭ މި މަންޖެ ޕްރީ ސްކޫލް ފުރިހަމަ ކުރި ސްކާލަށް ދާން،،،

  26
 4. ޣGfފGffgބ

  ތިޔަ އި ދުނިޔެއަށް ނަމުނަ ބެފުޅެއް ަ

  17