މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާރު މުޅި ދުނިޔެ އަށް ފެތުރިފައި ވާއިރު، އެ ގައުމުން ވަނީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ވައިރަސް ކޮންޓްރޯލް ކޮށްފައެވެ. އަދި އެ ގައުމުގެ ވެރިރަށް ކަމުގައިވަ ބެއިޖިންގް އިން ދެ މަސް ދުވަސް ފަހުން އަލަށް މިވަނީ މީހަކު ފައްސިވެފައެވެ.
ބެއިޖިންގައި ވައިރަސް އެއްވެސް ވަރަކަށް ނުފެތުރޭތާ 2 މަސް ވެފައިވާއިރު، ދާދި ފަހުން ފައްސިވެފައި ވަނީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. މިއާއިއެކު އޭނާ ދިރިއުޅެމުން އައި އެޕާޓްމެންޓު ކޮމްޕްލެކްސް ވަނީ އެއްކޮށް ބަންދު ކޮށްފައެވެ.
ބެއިޖިންގައި ވައިރަސް ފެތުރެން ފެށުމާއި އެކު އެ ސިޓީ އެއްކޮށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ. މިހާރު އެކަން ލުއިކޮށް، ނޯމަލައިޒްޑް އެޕިޑެމިކް ކޮންޓްރޯލް“ގެ ހާލަތެއް ވަނީ އިއުލާން ކޮށްފައެވެ.
ދާދި ފަހުން އެ ގައުމުގެ ”ގްރޭޓް ވޯލް އޮފް ޗައިނާ“ ވެސް ވަނީ ހުޅުވާފައެވެ. ނަމަވެސް، މިހާރު އެ ސިޓީގެ ބައެއް ސިއްހީ މާޙިރުން ވަނީ މިފަހުން ފައްސިވި މީހާގެ ފަރާތުން އިތުރު ބަޔަކު ފައްސިވެފައި ތިބެތާނެކަމަށް ބުނެ، މިކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ޗައިނާގައި މިހާރު މުޅިންހެން ވަައިރަސް ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މިގައުމުގަ ބަލި ކޮންޓުރޯލްނުވެ ލޫއީތައްދީ ގިނަބަޔަކު މަރަން މިއުޅޭ މީހަކީ ބުއްޅަބޭ.