ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގެންދާ ކޮވިޑް-19 އަށް ބޭހެއް ހޯދައިފިއެވެ.

ދާދި ފަހުން ހޯދި މި ބޭހުން ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ބޮޑު އެހީ އެއް ވެދެއެވެ

”ޑެކްސަމެތަސޯން“ ނަމަކަށް ކިޔާ މި ބޭހަކީ ވަރަށް އަގުހެޔޮކޮށް ލިބެން ހުންނަ ބޭހެއް ކަމުގައި ވާއިރު، ސައިންސްވެރިން މިކަން ސިފަކުރަމުން ގެންދަނީ ވައިރަހާއި ދެކޮޅަށް ބޭހާއި ވެކްސިން ހޯދުމުގައި މިހައިތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގައި މި ބައްޔަށް ފަރުވާ އެއް ހޯދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ގައުމުގެ ސިއްހީ މާހިރުން ބުނެފައި ވަނީ މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމަށެވެ.

”ކޮވިޑް-19 ޖެހިގެން ނޭވާލާން އުނދަގޫވެ، ވެންޓިލޭޓަރަށް ގުޅާފައި ތިބޭ މީހުންގެ ފުރާނަ އަށް ވަރަށް ނުރައްކާ ވާނެ. އެކަމު މި ބޭހުން އެފަދަ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮންނާނެ“ މި ބޭހުން މިފަދަ ފައިދާތަކެއް ވާކަން ހޯދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ މާޓިން ލެންޑްރައޭ ބުނެފައިވެއެވެ.

މާޓިން އިތުރަށް ބުނެފައި ވަނީ މި ބޭސް މާކެޓުގައި އުޅޭތާ 60 ވަރަކަށް އަހަރު ވެދާނޭ ކަމަށާއި މި ބޭސް އިނގިރޭސިވިލާތުގައި 5 ޕައުންޑަށް ލިބުނު ނަމަވެސް، އިންޑިއާ ފަދަ ބައެއް ގައުމުތަކުގައި މި ބޭސް އެންމެ ޑޮލަކަށްވެސް ލިބިދާނެ ކަމަށެވެ.

މިހައިތަނަށް އައިއިރު، ކޮވިޑް-19 އިން މީހުން ސަލާމަތް ކުރަން ވަކި ހާއްސަ ބޭހެއް ދެނެގަނެވިފައެެއް ނުވެއެވެ. އެކި ގައުމުތަކުން ބޭނުން ކުރަމުން އަންނަނީ އެކި ބޭސްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ❤️☝️

    Alhamdhulillah ❤️☝️?

    168
    4
    • ހައްމާދު

      ކަލޭ ހާދަ އުފަލެއް ތިޔަވީ. ކީއްވެ ކަލޭ ޒަމްޒަމް ފެނުން ފަރުވާ ނުކުރީ؟

      23
      116
      • ސައެންސް

        މިހާރު ކަލެއަށް މިކުރީ ކޮންއަސަރެއް. ޢެއިންސްޓަންގެ މަޝްހޫރު ރިލޭޓިވިޓީ ތިއަރީ ކިޔާލަބަލަ މަގުފުރެދުމުގެ ކުރީން. ޢެއީ ސައެންސް އެއަށްފަހު އެކަތި އަނެކައްޗާގުޅިލާމެހިފައިވާ މިންވަރު ގުރުއާނުން ހޯދާ. ޢެތައް އާޔަތެއްގަ އެބަވޭ ސަބަބުތަކުގަ ހިފަން. ރޯނުއެދުރުހެދި ބުރާންތިމިވަނީ މިއިން ފޮތެއް ބެލި އުނގެނުމަކާނުލާ. މަމާމޮޅޭ ނުހެދި އުނގެނޭ. ޢެއަށްފަހު ނިކުމޭ

        60
        1
      • Anonymous

        ކަލޭ ހިތުން ވަރަށް މޮޅު އެއްޗެކޭދޯ ތިބުނެ ވުނީ؟ ކަލޭ ގަމާރު ކަމުން އެއްޗެއް ނޭގުނަސް ޒަމްޒަމް ފެނުން ލިބިދޭ އެތަކެއް ފައިދާތަކެއް ކާފާރުން ވެސް ވަނީ ހޯދާފައި.

        ކަލެއަށް ނު ވިސްނޭ ތަންކޮޅަކީ، މާތް ﷲ ނުދެއް ވާ ޝިފާއެއް އެއް ވެސް އެއްޗަކުން ނުލިބޭނެ ކަން.

        ޒަމްޒަމް ފެނުން ޝިފާ ލިބޭކަން ސުންނަތުން ސާބިތު ވޭ! އެހެން ވީމާ ކަލެއަށް ހަޖޫ ތިޖެހުނީ ކޮންފަރާތަކަށް ކަން ނިކަން ވިސްނާލާ... ގަމާރު

        78
        2
        • އެނޮމާ

          ކަލެއަށް އަސްލު ނަމުގައި ތިޔަހާ މޮޅުއެއްޗެއް ބުނަން ނުކެރުނީ ކީއްވެ؟ ނަން ނުޖަހާ ތިހެން އަރުވާ ފޮނެއް ބަލައިގަންނާނެ މީހަކު ނެތް.

          17
          5
      • ސަމްސިއްޔާ

        ޒަމްޒަމް ފެނަކީ ޝިފާއެއް. ކަލޭމެން އެކަންކަން ގަބޫލެއް ނުކުރާނެ. ހިތުން ވަރަށް މޮޅުއެއްޗެކޭ ތިލިއެވުނީ

        10
        • ޔަހުޔާ

          ތިހެންވީ އިރު ކަލޭމެންނަށް ބޭސް އެނގިތިބެ އެ ފޮރުވައިގެން އެތައް ލައްކަ މީހުން މަރުވަންދެން ތިޔަ ތިބެނީ ކީއްވެ؟ މޮޅުވާހަކައެއް ދޯ ހިތުން ތިޔަ ބުނެ ވައްޓަވާލީ؟

      • ައަލީ

        އިސްލާމް ދީނަށް ފުރަށްސާރަ ކުރުމަކީ މާމޮޅުކަމެއް ކަމަށް ދެކިގެން އުޅޭ ރޯނު އެދުރުން ނަށް އެމީހުން މަރު އައިސް ބައްދަލު ކުރާ ހިނދު އިނގޭނެ. އިތުރަށް އެއްޗެއް ބުނާކަށް ނެތިން. މާތްﷲ ތިކަހަލަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.

  2. Anonymous

    Alhamdhulillahi

    55
    1
  3. ޢަޒްމާ

    الحمد لله?

    51
    1
  4. Anonymous

    އިންޑިޔާގާއި ހުންނާނީ މެލޭރިޔާއަށް ދޭ ....

    23
    1
  5. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    މީ ވަރަށްކުރިން ދުނިޔޭގައި އުފައްފާފައިވާ ބޭހެއް. ޚާއްޞޮކޮށް އާރތުރައިޓިސް އަށް މިބޭސް ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި ބޭނުންކުރޭ. އިންޑިޔާގައި މިބޭސް ހަމަ ވަރަށް އަގުހެޔޮ.

    22
    1
  6. ކޯފް ސިރަޕް

    ދިވެހިން އާންމުކޮށް ބޭނުންކުރާ ހުރިހާ ކޯފް ސިރަޕްގައި ތިޔަ ފޯމިއުލާ ހުރޭ. ޑަކްޓަރުގެ ލަފައަކާ ނުލާ ބޭނުންކުރުން ރަނގަޅެއް ނޫން. މިބޭހުގެ ނުރަނގަޅު ސައިޑް އިފެކްޓް ކޮވިޑް ޖެހިފައިވާ މީހުން ގައިން ބައެއްފަހަރު ފެނޭ.

    12
    2
    • އޮޅުން

      އެއީ ޑެކްސްޓްރޯމެތޯފަން. ޑެކްސަމެތަސޮން އެއް ނޫން.

      4
      4
  7. Anonymous

    އިންސާނުން ކިތަންމެ ކުރިއެރިޔަސް އެ މީހުންނަކީ ނުކުޅެދުންތެރިކަން ބައެކެވެ.

    37
    1
  8. އަހްމަދު

    އަލްޙަމްދުލިއްﷲ! ﷲގެ ކުޅަދުން ވަންތަކަމާއެވެ.

    55
    2
    • ވޫހާން

      ހައިރާންވޭ ކަލޭމެން ބޭހެއް ނުހޯދާ ތިބޭތީ. ހުރިހާ އިލްމެއް ހުރި ފޮތް އޮތީ ކަލޭމެންގެ އަތުގައި

      3
      28
      • ބެނާ

        ޢެ ފޮތަކީ އެންމެނަށް އޮތް ފޮތެއް! ވ ވާހަކަ....،.

        2
        1
        • ޖޯރޭ

          އެކަމަކު ކަލޭމެންނަކަށް ނުކުރެވުނެއްނު އެކަމެއް. މީ ވ. ވ. ވާހަކަ

  9. މުހައްމަދު

    ތިބޭހަކޭ މިރާއްޖޭގެ ހުރިހާ ބޭސްފިހާރައެއްގައިވެސް ހުންން ބޭހެއް.

    21
    2
    • އަހުމަދު

      ތީ ރާއްޖޭގައި އުފެއްދި ބޭހެކޭ ނުބުނީ ކީއްވެ؟

    • މަސީހުއެންމެޑީ

      ތީ އިސްރޭލާއި އެމެރިކާގެ ސައެންސްވެރީން އުފެއްދި ބޭހެއް. ތިޔަ ބޭހުން ފައިދާއެއް ކުރާކަން ހޯދައިދިނީ އިނގިރޭސި ސައެއްސްވެރިއެއް.

  10. އައްޑޫ މީހާ

    އިންޑިއާގައި އުފައްދާ މިބާވަތުގެ ބޭސް ބޭނުންކުރާ %30 އިންސައްތަ މީހުންނަށް އެކި ކަހަލަ ސައިޑް އިފެކްޓް ކުރޭ މަސްތަކުގެ ވަރު ދެރަވުމާއި ހަކުރުބަލީގެ މީހުން އެބަލި ބޮޑުވުމާއި މިހެންގޮސް ނިދަން އުދަގޫވުން ފަދަ އެތައްކަމެއް ދިމާވޭ އެހެން ނަމަވެސް މިބޭހުން ކޮވިޑަށް ފަރުވާ ކުރެވޭނަމަ ވަރަށް އުންމީދީ ހަބަރެއް

    9
    1
  11. ޢެޑްމުންޑޯ

    ތިބޭސް ރާއްޖެއިން 0.50 ލާރިއަށް ގުޅައެއް ލިބޭ ، ދެން ފަހަރެއްގައި އަގުވެސް ބޮޑުވެދާނެ

    17
  12. Anonymous

    الحمد لله ، ﷲގެ ކުޅަދުން ވަންތަކަމާއެވެ.

    24
    1
  13. އަހުމަދު

    الحمد لله ، ﷲ ގެ ކުޅަދުންވަތަކަމާއެވެ.

    25
    2
  14. ވަރުވާ

    ޑެކްސަމެތަޒޯން، ޑެކަޑްރޯން އަކީ، މީގެ އެތަކެއް އަހަރެއްގެ ކުރިން ނޭ ވާލުމުގެ ނިޒާމަށް ދިމާ ވާ މައްސަލަތަކުގައި ބޭނުންކުރާ ބޭހެއް. އިންޖެކްޝަނެއް، އެ، އައި ވީއަށް ވެސް ދޭ. އެހެން ވީމައި އިންޝާﷲ ރަނގަޅު ވެދާނެ.

    15
    1
  15. ސަނދުވާ

    ޑެކްސަމެތަޒޯން އިން ވިހަ ނައްތާލުމަކީ، ކޮށްދޭނެ މަސައްކަތެއް.
    އިންޝާﷲ ރަނގަޅު ވެދާނެ.

    10
    1
  16. އޮކްސްފޯޑް

    އިނގިރޭސި އިޒްރޭލް އެމެރިކާގެ ސައެންސްވެރީންގެ ކުޅަދާނަކަމޭ ބުނާކަށް ނުކެރޭނެދޯ؟

    3
    12
    • މަމެން

      ކިތަންމެ ނުރުހުނަސް ހައްގު ތާރީފު ކުރަން ޖެހޭނެ. ކޮށްދިން ކަމަކަށް ޝުކުރުވެރިވާން ޖެހޭނެ. ކަޅުމީހަކަސް ދޮން މީހަކަސް. އެންމެންނެއް ހަރުކަށި ބާގައިގެ މީހުންނަށް ވެގެން ނުވާނެ

  17. އެފްޖީ މަލިކު

    ވަރަށް އެފާވެރި ކަބަރެއް

    1
    1
  18. ގަދަކުޑޭ

    އޮޅުން ނޭނގުނަސް އަނގަތަޅާތި
    ޑެކްސްޓްރޯ މެތޯފަން އެއްނޫން ޑެކްސްއަމެތަސޯން

  19. ޥަގު

    ސު ރުހީ ބަދަލުކު ރަން ފެނޭ

  20. ޑޮކްޓަރު

    20%-30% ތިބޭހުން ސަލާތް ވަނީ ބާކީ އަނެއްކާވެސް ހަމަ އެގޮތުގަ ނިމި ދަނީ’ އެހެންމަ ތީ އަދި ފަރުވާއެއް ހޯދުނީ އޭ ނުބުނެވޭނެ..

    ޢެ20% މީހުން ވެސް ތިބޭހުން ސަލާމަތް ވާތީ ﷲ ހަމްދުކުރަން.

    1
    1
  21. ކާފަދ

    ތިބަލި ޖެހުމާ ދުރުކަން މުޖައްރިބު ބޭހެއް ﷲ ގެ އިރާދަފުޅާއެކު ދުވާފަރު ދޮންއަލިބެ ވެސް އުފައްދާފައިވޭ. އެނގިފައިވީވަރުން ބުނާނަމަ ވަރަށް ގިނަ ސިފައިންނާއި ފުލުހުން އަދި ސީދާގޮތެއްގައި ގިނަ މީހުންނާ ގަތްވާންޖެހޭ ގިނަ ބަޔަކު އެބޭނުންއެބަކުރަމުންދޭ އަދި އެބޭނުންކުރާ އެއްވެސް މީހަކަށް އިރާދަކުރެއްވީތީ އެހާ ގައިދުރުކަމާއި ރައްކާތެރިކަން ކުޑަކޮށް އުޅެވުނުއިރުވެސް މިހާތަނަށް އިރާދަކުރެއްވީތީ ބައްޔަށް ޕޮސިޓިވްވެފައެއް ނުވޭ. ބޭސް ބޭނުންކުރަމުންދާ މީހުންނާ އެކުގައި މަސައްކަތްކުރި މީހުންގެތެރެއިން މިބޭސް ބޭނުންނުކޮށްތިބި ބައެއް މީޙުން ބަލީގެ ޝިކާރައަކަށް ވެފައިއެބަހުރި.