މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 793 މީހަކު މަރުވެއްޖެއެވެ.

މިއީ އެގައުމުން ކޮވިޑް-19 ޖެހިގެން އިއްޔެ މަރުވި މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ. އެ ގައުމުން ކޮވިޑް-19 ޖެހިގެން އިއްޔެ މަރުވެފައި ވަނީ 759 މީހެކެވެ.

އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 23377 މީހެކެެވެ.

މެކްސިކޯއިން އިތުރު 6288 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 191410 އަށް އަރާފައެވެ. އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 144448 އަށް އަރާފައެވެ.

އެ ގައުމުގައި ބަލިޖެހިގެން މިހާރު ފަރުވާދެމުން ދަނީ 23585 މީހަކަށެވެ. މީގެ ތެރެއިން 378 މީހެެއްގެ ހާލު ސީރިއަސް އެވެ.

އެ ގައުމަކީ މިހާތަނަށް ދުނިޔެއިން 12 ވަނަ އެންމެ ގިނަބަޔަކު މި ވައިރަސް އަށް ފައްސިވި ގައުމެވެ.

މިހާރު ދުނިޔޭގެ 213 ސަރަހައްދަކުން ފެނިފައިވާ މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 480،406 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު