ޗައިނާއަށް ދާދި ދެންމެއަކު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ޗައިނާގެ ހޯޓަންގެ އިރުދެކުނުން 280 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުން މި ބިންހެލުން އައީ ބިމުގެ ދެ ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުން އައިތާ 15 ވަރަކަށް މިނެޓު ފަހުން، ހަމަ އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުގަދަ ލޮޅުމެއް ވެސް އައިސްފައި ވެއެވެ.

މި ބިންހެލުމާއި ގުޅިގެން ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް އިދާރާއަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް މިހާތަނަށް ނެރެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު