މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑަ-19 ޖެހިގެން މެކްސިކޯއިން އިތުރު 719 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުން ކޮވިޑް-19 ފެނުނު ފަހުން ކޮންމެ ދުވަހެެއް ކަހަލަ ގޮތަކަށް އެ ބަލީގައި މީހުން ދަނީ މަރުވަމުންނެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދި ވަނީ 25،779 އަށް އަރާފައެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައްވެސް މަދެއް ނުވެއެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން 5441 އަށް ވަނީ އަރާފައެެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 208،392 އަށް ވަނީ އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 120،562 މީހެކެވެ. އަދި މި ބައްޔަށް މިހާރު ފަރުވާދެމުން ދަނީ 62،051 މީހަކަށެވެ. މީގެ ތެރެއިން 371 މީހެއްގެ ހާލު ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު