ޓިކް ޓޮކް އަކީ މިހާރު އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލް މީސްމީޑިއާގެ ފޯރަމެވެ. އަދި އެހެނިހެން ފޯރަމްތަކާ ޚިލާފަށް ނެެގެޓިވް ކަންތައްތައް ވެސް މި ޕްލެޓްފޯމްގައި ކުޑައެވެ. ހުނަރު ވެރިކަމުން ފުރިފައިވާ ވީޑިއޯ އާއި މަޖާ ވީޑިއޯ އާޓް ދައްކުވައިދޭ ވީޑިއޯތަކުގެ އިތުރުން އަމިއްލަ އަށް މުނިފޫހިފިލުވާލާ ސަކަރާތް ޖަހަން މި އެޕް ބޭނުންކޮށް އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

އަދި ދާދިފަހުން "ޓިކްޓޮކް" އަވަށްޓެރި އިންޑިއާގައި "ބޭން" ކޮށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން، މި އުފެއްދި ޗައިނާގެ މައި ކުންފުނި ކަމަށްވާ "ބައިޓްޑާންސް ލިމިޓެޑް" އަށް ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިހާރު އަވަށްޓެރި ޕާކިސްތާނުގައި ވެސް ޓިކްޓޮކް ބޭން ކުރުމުގެ ވާހަކަތައް މިވަނީ ދެކެވެން ފަށައިފައެވެ.

ޕާކިސްތާނުގައި ޕެޓިޝަނެއް އެކުލަވާލައި، ޓިކް ޓޮކް މަނާކޮށްދިނުމަށް އެދި ލަހޯރުގެ ހައިކޯޓަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުށަހަޅާފައެވެ. މިއާއެކު ޓިކްޓޮކް ބޭނުން ކުރާ އެތައް ހާސް ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް ޓިކްޓޮކަކީ ބަދު އަހުލާގީ، ހަޔާތް ކުޑަ ކަންކަން ފެތުރުމަށް އޮތް ޒަރިއްޔާއެއް ކަމަށް ކޯޓަށް ޕެޓިޝަން ހުށަހެޅި މީހުން ދެކެއެވެ. އެ ޕެޓިޝަންގައި އެތައް ހާސް ބަޔަކު ވަނީ ސޮއިކޮށްފައެވެ.

އެ އެޕްގައި ނިވާކަން ކުޑަ ހެދުން ލުމާއި، ބަދު އަހުލާގީ ވާހަކަދެއްކުމާއި މީހުން ފަޟީހަތް ކުރުން ފަދަ ނޭދެވޭ އެތައް ކަމެއް ހިނގާކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޓިކްޓޮކް ބޭން ކުރުމުން އިންޑިއާގައި ވަނީ އެފަދަ އިތުރު އެޕެއް އުފައްދާފައެވެ.

އިންޑިއާގައި މިހާރު މި ވަނީ ޓިކްޓޮކްއާ ވައްތަރު އެހެން އެޕްލިކޭޝަންއެއް ނެރެފައެވެ. މިއީ އިންޑިއާ އެޕްލިކޭޝަންއެކެވެ. ނަމަކީ ޓިކްޓިކްއެވެ.

މި އެޕްލިކޭޝަންއަށް އިންޑިއާ މީހުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މި އެޕްލިކޭޝަން ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީސް މިހާތަނަށް 30،000 އަށްވުރެ ގިނަ ފަަހަރު މި އެޕްލިކޭޝަން ޑައުންލޯޑްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ދެން ޕާކިސްތާނުން ޕިކުޕިކު އުފައްދަންވީނު.

  2. ބާބާ

    ރާއްޖޭގައި ޓިކްޓޮކް މަނާ ކުރާކަށް ނުވޭތަ؟؟ ދިވެހި ޒުވާންކުދިންވެސް ތީގެ އަވާގަ ޖެހި “ ބަރަހާނާ” ވަމުން ދަނީ !! މިހާރުން މިހާރަށް “ ބޭން” ކުރުމަށް ގޮވާލަން ??