ވިހަ ރަލެއް ބޮއެގެން އިންޑިއާ އިން 86 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ބަޔަކު މަރުވެފައި ވަނީ ޤާނޫނާއި ހިލާފަށް އުފައްދާފައިވާ ބަނގުރާލެއް ބޮއެގެންނެވެ.

އިންޑިއާގައި ކޮންމެ އަހަރަކު ވެސް ވިހަ ބަނގުރާ ބޮއެގެން އެތައް ސަތޭކަ ބަޔަކު މަރުވެއެވެ. މިއީ ބަނގުރާ އުފެއްދުމުގެ ހުއްދަ ނޯންނަ ތަންތަނުން އަމިއްލަ އަށް އުފައްދާ ބަނގުރާލެވެ.

ގިނަ ބަޔަކު ބަނގުރަލެއް ބޮއެގެން މަރުވި މައްސަލަ އާއި ގުޅިގެން 100 އަށް ވުރެ ގިނަ ތަން ފާސްކޮށް 25 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ހުކުރު ދުވަހު ޕަންޖާބްގެ ޗީފް މިނިސްޓަރ އަމަރިންދާ ސިންހް ވަނީ ބަނގުރާ ބޮއެގެން ގިނަ ބަޔަކު މަރުވި މައްސަލަ ބަލަން ހާއްސަ ތަޙްޤީޤެއް ފަށަން އަމުރު ކުރައްވާފައެވެ.

އާއްމުންގެ މީހުންގެ އަމިއްލައަށް އުފައްދާފައި ހުންނަ ބަނގުރާ އިންޑިއާގެ ކަންމަތީ ފިހާރަތަކުން އަގުހެޔޮކޮށް ލިބެން ހުރެއެވެ. އެފަދަ ބަނގުރާ ބޮއެގެން އެތައް ސަތޭކަ ބަޔަކު ކޮންމެ އަހަރަކު މަރުވި ނަމަވެސް ގިނަ މީހުން އެފަދަ ބަނގުރާ ގަންނަނީ އަގުހެޔޮ ވުމުންނެވެ.

އިންޑިއާގައި ބަނގުރަލަށް ދެވިހިފާފައި ތިބި އެތައް މިލިއަން ބަޔަކު ދިރިއުޅެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަށް ލިބެނީ ކުޑަ އާމްދަނީއެއް ކަމަށްވާތީ އޮރިޖިނަލް ބަނގުރާ ގެނެގެން ބޭނުން ކުރެވޭނެ ފަދަ މާލީ ގާބިލްކަމެއް އެމީހުންގެ ކިބަޔަކު ނުހުރެއެވެ.

ޤަވައިދާއި ހިލާފަށް އުފައްދާ ބަނގުރާ ވިއްކުން ހުއްޓުވަން އިންޑިއާ ސަރުކާރަށް އެކި ޖަމާޢަތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ޤަވައިދާއި ހިލާފަށް އުފައްދާ ބަނގުރާ ވިއްކުން ހުއްޓުވަން އިންޑިއާ ސަރުކާރުން އެކަށީގެންވާ ވަރާއި ގާތަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ގެރި އިންޑިއާ. ނާންނާތި ރާއްޖެ އަޅުވެތިކުރަން😡

    17
  2. ހިމާރުލް ޤައުމު

    ހުންނާނީ ރާބޮވިފަތާ

    10
  3. ޖިންނި

    މަސްތުވެވިފަ ހުންނާނީ މިހާރު