ކޮވިޑް-19 އަކީ ފާއިތުވި ގަރުނެއްގެ ތެރޭގައި ޔަގީނުން ވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާއެވެ. މިއީ ކުރިއަށް އޮތްތަނާއި މެދު ދުނިޔޭގެ ގައުމުތަކުން ވިސްނުން ބައްޓަން ކުރާނެ ގޮތް ބަދަލުވެގެން ދާނެ ކާރިސާއަކަށް ވެގެންދާނެއެވެ. މިހާރުގެ ހާލަތައް ބަލާފައި ކުރިއަށް އޮތްތަނުގައި ދެން ވެގެންދާނެ ގޮތް ލަފާކުރާ ފަރާތްތަކުން ކުރާ ސުވާލަކީ ކޮވިޑް-19 އަކީ ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ފެށުމަށް ވެދާނެ ހެއްޔެވެ؟

ރަޝިއާގެ އިސް އެއް ސައިންސްވެރިޔާ ކަމަށްވާ ޕްރޮފެސަރ ލިއޮނިޑް ރޮޝަލް "ފޯބްސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ "ބައިލޮޖިކަލް ހަނގުރާމައެއްގެ ރިހާސަލަށް" ވެގެން ހިނގައިދާނެ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވާނަން މިއީ އިންސާނުން އުފެއްދި ވައިރަސްއެކޭ. މިއީ ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ކުރިމަތިވި ޓެސްޓެއް. އަދި މިފަދަ ހާލަތަކަށް ދުނިޔެ ތައްޔާރު ނޫންކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ. އެހެންކަމުން ދެން ކުރިމަތިވާނެ ކަމަކަށް ދުނިޔެ ތައްޔާރުވާނެ." ޕްރޮފެސަރ ލިއޮނިޑް ވިދާޅުވިއެވެ.

އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޖޯން އަބްރަހަމް ވިދާޅުވީ މިއީ ހަތިޔާރު އުފެއްދުމުގައި ދުނިޔެ އިން އެއްގައުމު އަނެއްގައުމާއި ވާދަކުރުމަށް ކުރަމުން އަންނަ މަސައްކަތައް ނިމުން އައިސް ސިއްހީ ދާއިރާ އިން ކުރިއެރުންތައް ހޯދުމުގައި އެއްގައުމު އަނެއް ގައުމާއި ވާދަކުރުމުގެ ފެށުމަށް ވެގެން ހިނގައިދާނެ ކަމަށެވެ.

"ބޮޑު ހަނގުރާމައެއްގެ ފެށުމެކޭ ދަންނަވަން އަހަރެންނަށް ދަތި. އެކަމަކު މިއީ ސިއްހީ ދާއިރާގެ ކަންކަން ހޯދައި ދިރާސާ ކުރުމުގައި އެއްގައުމު އަނެއްގައުމާއި ވާދަކުރުމުގެ ފެށުން ކަމަށް ވެގެން ދާނެ." ޕްރޮފެސަރ ޖޯން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގައި ދުނިޔޭގެ ގައުމުތަކުން އަންނަނީ ވާދަކުރަމުންނެވެ. އެންމެ އަވަހަށް ވެކްސިނެއް އުފައްދާ ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވެނީ ރަޝިއާ އާއި ޗައިނާ އިންނެވެ. އެމެރިކާ އިން މިހާރު ވެސް ވަނީ ރަޝިއާ އާއި ޗައިނާ އިން އެމެރިކާގެ ވެކްސިންތަކުގެ މައުލޫމާތުތައް ވަގަށް ނަގަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު