އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީންގެ އުމުރުން އެންމެ އަށް މަހުގެ އަންހެން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

އެކުއްޖާ ޝަހީދުވެފައި ވަނީ އިސްރާއީލް ސިފައިން ކަރުނަގޭސް ޖެހުމުން، ކަރުގޭހުގެ އަސަރުކޮށް ނޭވާ ނުލެވިގެންނެވެ.

ޝަހީދުވެފައި ވަނީ ލައިލާ އަންވަރު އަލް-ގަންދޫރް ކިޔާ ކުއްޖެއެވެ.

އިއްޔެ އިން ފެށިގެން އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 59 އަށް އަރާފައެވެ. އޭގެތެރޭގައި 16 އަހަރުން ދަށުގެ ނުވަ ކުޑަކުދިން ހިމެނެއެވެ. ނުވަ ކުދިންގެ ތެރޭގައި ދެއަންހެން ކުދިން ވެސް ހިމެނެއެވެ.

އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް މިއަދު މުޅި ފަލަސްތީންގައި މުޒާހަރާ ކުރަން ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް ވަނީ ގޮވާލައްވާފައެވެ.

މިއަދު ހަވީރު ފަލަސްތީންގައި މުޒާހަރާ ކުރަން އަނެއްކާވެސް ތައްޔާރުވަމުން ދާއިރު އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރިއަށް އިސްރާއީލްގެ އިތުރު ސިފައިން ވަނީ ޖާމާކޮށްފައެވެ. އެހެންކަމުން އިއްޔެ އަށް ވުރެ ބޮޑު ގަތުލް އާންމެއް މިއަދު އަނެއްކާވެސް އިސްރާއީލުން ހިންގުމުެ ފުރުސަތު އެބައޮތެވެ.

ޣައްޒާ އާއި އިސްރާއީލް ވަކިކުރާ ބޯޑަރު ކައިރީގައި އިއްޔެ ފަލަސްތީން ރައްޔިތުން ކުރި މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިން ބުނާ ގޮތުގައި އިއްޔެ އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ހުރީ ފިލްމަކުން ފެންނަ މަންޒަރުތަކަށް ވުރެ ވެސް މާބިރުވެރިކޮށް، މާއަނިޔާވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ﷲ އިރާދަ ކުރެއްވިއްޔާ ޓްރަމްޕާ ނަތަންޔާހޫ ދާނީ ޖަހަންނަމައައް..ނަރަކައިގެ އެންމެ ފުނައް މި 2 ދައްޖާލުން ފޮނުއްވާންދެއެވެ. ޢާމީން..

  2. ޝައިޚް

    އިޒުރޭލާއި ދެކޮޅައް ކުރާ ޖިހާދުގައި ފަލަސްތީނު ރައްޔިތުން އެއް އަހަރު ނުފުރޭ ތުއްތު ކުރީން ހަނގުރާމައިގެ މައިދާނައް ގެންގޮސްގެން ނުވާނެ.. އެއީ ޒިންމާދާރު ގޮތެއް ނޫން..

    • ހީރޯ ބޮޑުތަކުރުފާނުގެ ފޭނެއް

      ޢެމީހުންގެ ވަޒަނެއް ނެތް އިރު އެކުދިން ވަކި ތިބޭނީ ކޮންތާކު؟
      ޢަމިއްލަ ގެދޮރުންނެރެ އަމިއްލަ ބިމަށް އައިސް ބޭނުންގޮތެއްހަދާއިރު އޭގެން ދޭހަވަނީ އިސްލާމުންގެ ފިނޑިކަން.

      ބަދުރު ހަނގުރާމަ އަށް ވިސްނާލިޔަސް އެނގޭ ހަތިޔާރާ މީހުންގެ އަދަދު ކިތަންމެ މަދުނަމަވެސް ކުރިމތިލާންކެރޭނެ ހިތްވަރުހުރި މުއުމިނުން ނެތީ މިހާރު އަސްލު.