އެމެރިކާއަށް އަރަމުންދާ ވަރުގަދަ ތޫފާން، "ތޫފާން ލައުރާ" ގައި އެޤައުމަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

"ތޫފާން ލައުރާ" ގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ 2005 ވަނަ އަހަރަށްފަހު އެޤައުމަށް އަރާ އެންމެ ވަރުގަދަ އަދި އެންމެ ގެއްލުން ބޮޑު ތޫފާނެވެ. މި ތޫފާން އެމެރިކާއަށް އަރާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މިގޮތުން އެންމެ ފުރަތަމަ ތޫފާނުގެ އަސަރު ކޮށްފައިވަނީ ޓެކްސަސް އާއި ލޫސިއާނާއަށެވެ.

މި ދެ ސްޓޭޓަށް ތޫފާން އަރައި ބައެއް ސަރަޙައްދުތައް ސުންނާފަތި ކޮށްލާފައި ވާއިރު، މިހާތަނަށް ކުޑަކުއްޖަކު ހިމެނޭހެން މަދުވެގެން ހަ މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން އާންމުން ދިރިއުޅޭ ގިނަ ގެތައް، ވައިގަދަވުމުގެ ސަބަބުން ވަނީ ބިމާއި ހަމަވެފައެވެ.

"ތޫފާން ލައުރާ" ގެ ބާރު އިތުރަށް ގަދަވަމުން އަންނައިރު، ތޫފާނުގައި ވައިބާރުވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި މިހާރު ވަނީ ފެންބޮޑުވާން ފަށާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ފެންބޮޑުވުމުގެ ގިނަ ހާދިސާތައް މި ތޫފާނުގެ ސަބަބުން ހިނގާނެ ކަމަށް ވަނީ ބެލެވިފައެވެ.

ގަލްފް އޮފް މެކްސިކޯގައި މީގެ ދުވަސްކޮޅެއް ކުރިން އުފެދެންފެށި މި ތޫފާން އެމެރިކާއަށް އަރާނެ ކަމަށް ކުރިންވެސް ބެލެވިފައި ވުމާއި ގުޅިގެން، ޓެކްސަސްގެ އައްސޭރީގެ ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މިގޮތުން ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުން ބައިމިލިއަނެއްހައި މީހުން އެހެން ހިސާބުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ.

ޓެކްސަސް އަށް މި ތޫފާން އެރުމަށްފަހު ތޫފާނުގެ ބާރު އިތުރަށް ވަނީ ގަދަވެފައެވެ. މިގޮތުން ޓެކްސަސް ފަހަނައަޅައި އެ ސްޓޭޓާއި އިންވެގެން އޮންނަ ލޫސިއާނާއަށް ތޫފާން އެރިއިރު އޭގެ ބާރުމިން ކެޓެގަރީ ހަތަރަކަށް އަރާފައިވާކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ޓެކްސަސް އަށް މި ތޫފާން އެރިއިރު ބާރުމިން ހުރީ ކެޓެގަރީ ތިނެއްގައެވެ.

މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުން ގަޑިއަކު 15 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުންދާ މި ތޫފާނުގެ އަސަރުކުރި ބައެއް ސަރަޙައްދުތަކަށް، ގަޑިއަކު 175 މޭލަށް ވައިގަދަވެފައި ވެއެވެ. އެހެންކަމުން މިއީ މިއަހަރު އެމެރިކާ ސަރަޙައްދުގައި އުފެދުނު އެންމެ ބާރުގަދަ އެއް ތޫފާން ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ތެންކިޔޫ ފޯ ދަ ލައުރާ

    15
    26
  2. ޞަހީފާ

    މިމީހުންނާ ދެކޮޅަށްހަތިޔާރު ބޭނުންކޮށްގެން ހަގުރާމަކުރުމުގެ ޤާބިލުކަން މުސްލިމުންނަށް ނެތްކަން އެގޭތީ މިމީހުން މިގެންދަނީ މުސްލިމުންގެ ރަށްތއްހިފައި މުސްލިމުންގެ ގެދޮރު ބޮންއަޅާ ބިމާހަމަކުރަމުންނެވެ. މުސްލިމުންނާއެކު މުސްލިމުންގެ ވެރި ކީރިތިވަންތަﷲ ވޮޑިގެން ވެއެވެ. ހަތިޔާރުގެ ބޭނުމެއް ނުކޮށް އެދަނީ އެމީހުންގެ ރަށްތަކާ ގެދޮރު ހިމޫންވަމުންނެވެ.

    59
    4
    • މޯލްޑިވިޔަން

      އުއްމީ ދު ކޮއްލައެގެން ހުރޭ

      4
      10
    • ހާޖަރާ

      ކަލޭ ހަމަތަ؟

      7
      4
  3. ޏަވިޔަނި

    ގާސިމް މާކު ރިން 2000 ހުގެ އަހަ ރުތަކުގައި މިވާހަކަ ދެއްކި

    8
    1
  4. އަލްޖިބްރާ

    އަދިވެސް ތި އެމެރިކާއަށް ވާވަރު ކުޑަ !

    18
    3
  5. ކޮންމެ އަހަރަކުވެސް

    ހަނދުމަކޮއްދިނުމެއް.

    16
    1