ދުވަން ނިކުމެ އުޅެނިކޮށް ޓްރަކަކުން ޖައްސައި އަންހެނަކު އެކްސިޑެންޓްކޮށްލުމަށް ފަހު އޭނަ ރޭޕްކޮށް ވަޅުލި މައްސަލައިގައި އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އާކަންސަސްގެ ދަނޑުވެރިއަކު ހައްޔަރުކޮށްފިއެވެ.

ކުއޭކް ލެވްލީން ނަމަކަށް ކިޔާ 28 އަހަރުގެ އެ ފިރިހެން މީހާ ޖަލަށްލާފައި ވަނީ 25 އަހަރުގެ ސިޑްނީ ސޫތަލެންޑް ނަމަކަށް ކިޔާ އަންހެންކު ރޭޕްކޮށް މަރާލި މައްސަލައިގައެވެ. އެމެރިކާގެ ފުލުހުންނާ ހަވާލާދީ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑު ހޯދިފައި ވަނީ، ފުންކޮށް ކޮނެފައިވާ ވަޅުގަނޑެއްގެ ތެރޭގައި ވަޅުލާފައި ވަނިކޮށެވެ.

ކުއޭކް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ސިޑްނީއަށް ފުރަތަމަ ހަމަލާދީފައި ވަނީ އޭނާގެ ޓްރަކުން ޖައްސައެވެ. އޭރު ސިޑްނީ ދިޔައީ ކަސްރަތަށް ދުވަމުން ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ރޭޕްކޮށްލުމަށް ފަހު ސިޑްނީ ގެންގޮސް ވަޅުލާފައި ވަނީ އޭނާގެ ޓްރަކަށް އަރުވައިގެން ކަމަށް ވެއެވެ. ސިޑްނީ ވަޅުލާން ގެންގޮސްފައި ވަނީ، ހަނަފަސް ސަރަހައްދަކަށެވެ.

ސިޑްނީ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އޭނާގެ ލޯބިވެރިއާ އަލެކްސް ނިކްލޮސޮންއެވެ. އަލެކްސް ވަނީ އޭނާގެ ލޯބިވެރިއާ ގެއްލުމާ ގުޅިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް ފަހު، ފޭސްބުކް މެދުވެރިކޮށް ވެސް އޭނާ ހޯދުމަށް އާންމުންގެ ކިބައިން އެހީއަށް އެދިފައެވެ.

ސިޑްނީ އަކީ މީގެ ކުރިން ނަރުހެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.

އަލެކްސް ބުނެފައިވާ ގޮތުގައި ސިޑްނީ އާންމުކޮށް ކަސްރަތަށް ދުވަން ދިއުމަށް ފަހު ގިނަވެގެން ދެ ގަޑިއިރެއްހާ އިރު ފަހުން އެނބުރި ގެއަށް އާދެއެވެ. އޭނާ ސިޑްނީ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ، އޭނާ އެނބުރި ގެއަށް ނާންނަތާ ފަސް ގަޑި އިރު ފަހުންނެވެ. އޭރު އޭނާގެ ފޯނަށްވެސް ނުގުޅޭ ކަަމަށް ވެއެވެ.

ފުުލުހުން ސިޑްނީ ހޯދާފައި ވަނީ އޭނާގެ ފޯނުގެ ލޮކޭޝަނުގެ އެހީގައެވެ.

ރޭޕްގެ މައްސަލަައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިންތިހާ އަށް އިތުރުވަމުންނެވެ. މިހާރު ބައެއް ގައުމުތަކުގައި އަންހެނުން ރޭޕް ކުރާ މީހުންނަށް މަރުގެ އަދަބު ދެމުން އަންނަ އިރު، އެއްބައި ގައުުމުތަކުން އެމީހުންނަށް ހަރުކަށި އަދަބު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު