ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކް ކުންފުނި ސަމްސަންގ ގެ ޗެއާމަން ލީ ކުން ހީ މަރުވެއްޖެ އެވެ. ކުރީގައި ޓީވީ ހެދުމުގެ މަސައްކަތް ކުރި ލީ މަރުވި އިރު އޭނާގެ އުމުރަކީ 78 އަހަރެވެ. ސަމްސަންގ ކުންފުނިން ބުނީ ލީ މަރުވި އިރު އޭނާ ގެ އާއިލާގެ މީހުން ކައިރީގައި ތިބި ކަމަށާއި އޭގެ ތެރޭގައި އޭނާގެ ދަރިފުޅާއި ޑީ ފެކްޓޯ ކޮމްޕެނީ ޗީފް ލީ ޖީ ޔޮންގ ވެސް ހުރި ކަމަށެވެ.

ހިތް ހުއްޓުމުގެ ސަބަބުން 2014 ވަނަ އަހަރުން ފެށިގެން ލީ ކުން ހީ ދިޔައީ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންނެވެ. އޭގެ ފަހުން ސަމްސަންގ ކުންފުނި ހިންގެވުމާއި ހަވާލުވެގެން ހުރީ ލީގެ ދަރިފުޅެވެ. ސަމްސަންގ އަކީ ސައުތު ކޮރިއާގެ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ލީ ގެ އާއިލާއަށް ކުންފުނިން ތަޢުޒިޔާ ފޮނުވާފައި ވެއެވެ. އަދި އެ ކުންފުނިން އަބަދުވެސް ލީގެ ހަނދާންތައް ދަމަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ލީ ކުން ހީ ސަމްސަންގ ކުންފުންޏާ ހަވާލުވީ އޭނާގެ އުމުރުން 30 އަހަރުގައި އެވެ. އެ ކުންފުނީގެ ކުރީގެ އިސްވެރިޔަކީ ލީގެ ބައްޕަ އެވެ. ސަމްސަންގ އިލެކްޓްރޯނިކްސް ކޮމްޕެނީ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ސްމާޕް ފޯނު، ޓީވީ އަދި މެމޮރީ ކާޑު އުފައްދާ ކުންފުންޏެވެ. އެ ކުންފުންޏަކީ އޭޝިޔާ ސަރަހައްދުގެ 4 ވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.

ސަމްސަންގ ކުންފުނީގެ ޗެއާމަން ލީ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި 16 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ. މިއީ 2017 ވަނަ އަހަރު