ފްރާންސްގެ ސަރުކާރު ސްކޫލެއްގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނު ކުރެހުން ޕާކިސްތާނުގެ ސެނެޓް އަދި ގާނޫނު ހަދާ މަޖިލީހުން ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރުގައި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގެ ދިފާއުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކެރޮން ދެއްކެވި ވާހަކަތައްވެސް ވަނީ ކުށްވެރި ކޮށްފައެވެ.

މި ގަރާރުގައި އިސްލާމް ދީނުގެ ނަމުގައި ނުރަނގަޅު ވާހަކަތައް ދެއްކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. މީގެއިތުރުން އެފަދަ ކަންކަން މުސްލިމުން ތަހައްމަލު ނުކުރާނެ ކަމަށާއި ފްރާންސްގެ އުފެއްދުންތައް މުސްލިމް ގައުމުތައް ގުޅިގެން ބޮއިކޮޓް ކުރުމަށް ވަނީ ގޮވާލައިފައެވެ.

މީގެއިތުރުން ޕާކިސްތާނުން ވަނީ އެ ގައުމުގައި ހުރި ފްރާންސްގެ ސަފީރު ހާޒިރުކޮށް، އެ ގައުމުގެ މި އަމަލާއި ބެހޭގޮތުން އިހުތިޖާޖުވެސް ކޮށްފައެވެ.

ފްރާންސްގެ ރައީސް ވަނީ އިސްލާމް ދީނަކީ ހާލުގައި އޮތް ދީނެއް ކަމަށާއި އެ ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހި ކުރާ ދީނެއް ކަމަށް ބުނެ ފުރައްސާރަ ކޮށްފައެވެ.

ފްރާންސްގެ ރައީސް ދެކޭ ގޮތުގައި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމަކީ ލިބިގެންވާ މިނިވަން ކަމެކެވެ. އަދި އެ ގައުމުން ވަނީ ކަރުބުރި ކޮށްލާފައިވާ ޓީޗަރަށް އެ ގައުމުގެ ދެވޭ އެންމެ ޝަރަފުވެރި އެއް ލަގަބު ކަމުގައިވާ "ލީޖަން އޮފް އޮނަ"ގެ ލަގަބުވެސް ދީފައެވެ.

މީގެއިތުރުން ވެސް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ވަރަށް ފަހުން ގުރުއާން އެންދުމުގެ ހާދިސާ އަދި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުސްލިމުންނަށް ދެމުންދާ ހަމަލާތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަން މިގޮތަށް މެދުވެރިވިޔަ ނުދިނުމަށް ގައުމުތައް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ގަބޫލު ކުރޭ

  ކުއްވެރިނޫންކުރަންޖެހެނީ...މުސްލިމުން މަރާ ޖަރީމާ ހިންގާނަމަ ދުޝްމިނުންގެ މައްޗަށް ހަމަލާދޭން އިސްލާމުންގެ މައްޗަށް ވާޖިބު...ހިތާމަހުރި އެފަދަ ގަޥްމެއް ނެތް އަދަކު..އިޒްރޭލް ކުއްވެރި ކުރިޔޭ ކިޔާފަ ކޮންކަމެއްވަނީ؟ އެމީހުންއެދަނީ ފާޅުގައި ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުން...

  6
  2
 2. ކުޑައިރުގެ ހަދާން

  ސައްދާމް ހުސައިން އާއި ބޮޑުބޭބެ ކެމިކަލްއަލީ ގެ ލަޝްކަރު 2003ވަނަ އަހަރު ބިންގަރާސްގޮވާ 1 ލައްކަ ސިފައިން ޝަހީދުވެ..އެމަރިކާ ބަރުދަށައް އިރާގު ދިޔަ ދުވަސް އަދިވެސް ހަދާންވޭ އަހަރެންނަށް އެއިރު 13 އަހަރު..އެދުވަހު މުޅި ފަލަސްތީން އަޑުނަގައި ތަރަތަރަޖަހާ ރުއި..އެފަހުން އިސްރާއީލު ބޭނުން ގޮތެއް ފަލަސްތީނައް ހަދާލީ އަދި ހަދަމުންދަނީ..ސައްދާމް ހުރިނަމަ ނަބިއްޔާގެ މައްޗަށް ކާޓޫންކުރަހާމީހުންނައް ވަރުގަދަ ރައްދެއް ދޭނެ..

  4
  1
 3. ވަގުތު

  މިޕާކިސްތާނަކީ، ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޓެރަރިސްޓް ހަމަލާތަކެއްގެ މައި ހަބް.

  3
  7
  • ރައްދު ދޭނަން

   ދެން އިސްރާއިލޯ؟؟؟މިޔަންމާ ކޮބާ؟؟އިންޑިއާ ކޮބާ؟؟މިމީހުން މުސްލިމުންނައް ކުރާ ޖަރީމާ އަކީ ޓެރަރިޒަމެއްނޫންތަ؟؟؟؟؟

   5
   2
 4. ރޯދަ މުބާރިކް

  ވ. ރަނގަޅު. ބަސްބުނެފި! މި ރާއްޖެއިން މި ކަން ކުއްވެރި ކުރަންޖެހޭ!

  7
  2