ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުން އިތުރު 434 މީހަކު މި ބަލި ޖެހިގެން ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 534،631 އަރާފައެވެ.
އެގައުމުން އިއްޔެވެސް 386 މީހަކު މިބަލީގައި މަރުވެފައިވާއިރު، ފާއިތުވި 3 ދުވަހު މިއަދަދު އުޅެނީ 200 މަތީގައެވެ. އެގައުމުން މީގެ ކުރިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އެގައުމުން 415 މީހަކު ވަނީ މަރުވެފައެވެ.
އެއެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 620،491 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 7،719 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ.
ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އިރާނަކީ މިހާތަނަށް 14 ވަނަ އަށް މި ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ގައުމެވެ. މީގެ ކުރިން އިރާން ބެލެވިފައި އޮތީ ކޮވިޑް-19 ފެތުރިއްޖެ ނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ހިނގައިދާނެ ގައުމުގެ ގޮތުގައެވެ. ނަމަވެސް މިވަގުތު އީރާނަށް ވުރެ އެމެރިކާގެ ހާލު ދެރައެވެ. އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ މީހުން ފައްސިވެ، މަރުވެފައިވާ ގައުމެވެ.
އިރާނުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 486،691 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 98،502 މީހަކަށެވެ. އޭގެ ތެރެއިންވެސް 5،244 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތުރުކީއަށް ސުނާމީ އީރާނައް ކޮވިޑް19 ގެ ދަތިކަން
ހުސްހިއްދަތިކަންތައް...އިސްލާމީ އުންމަތުގެ އެންމެ
ވަރުގަދަ 2 ބާރު..މުސްލިމުން ގެ ދިފާޢުގައި ބަސްބުނެ އިންޒާރުދީ ހަދާދެބާރައް.. ތިހެންދިމާވުމުން ވަރަށް ދެރަވޭ...