ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ގިނަ ބައެއްގެ ކަޅި މިދިޔަ ދެ ތިން ދުވަހު ހުއްޓިފައި އޮތީ އެމެރިކާގައި ބޭއްވި ތާރީހީ ރިޔާސީ އިންތިހާބަށެވެ. ރިޔާސީ އިންތިހާބަށް ފަހު، ލިބޭ ހަބަރުތައް މާ ގިނައެވެ. ޓްރަމްޕް އިންތިހާބު ގަބޫލު ނުކުރުމާއި ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ނުކުންނަން ޖެހޭތީ އެކަމުގެ ހިތްހަމަނުޖެހުންތައް އޭނާގެ އެބަހުއްޓެވެ. އަދި އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ކޯޓަށް ދާން ޓްރަމްޕް ހުރީ އަމާޒު ހިފައިފައެވެ.
މިއާ އެކު، މިހާރު އެންމެ ބޮޑަށް އަޑު ފެތުރިފައި ވަނީ ޓްރަމްޕްގެ އަންހެނުން މެލޭނިއާ ޓްރަމްޕް، އޭނާގެ ކައިރިން ވަރިވަނީތޯ ކުރެވޭ ސުވާލެވެ.
މީގެ ހަތަރު އަހަރު ކުރިއަށް ޖެހިލާ އިރު، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރުމާ ގުޅިގެން މެލޭނިއާގެ ލޮލުން ކަރުނަ އައިސްފައިވެއެވެ. މެލޭނިއާގެ ރަހްމަތްތެރިއަކު ބުނި ގޮތުގައި، ޓްރަމްޕް އޭރުގައި އިންތިހާބު ކާމިޔާބުކޮށްފާނެ ކަމަކަށް މެލޭނިއާ ގަބޫލެއް ނުކުރެއެވެ.
ނިއު ޔޯކްގައި ކުރިން ދިރިއުޅުނު މެލޭނިއާ އެ ސިޓީން ވޮޝިންޓަނަށް ބަދަލުނުވެ ފަސް މަސް ދުވަސް ހޭދަކުރިއެވެ. އެއީ ޓްރަމްޕާއި މެލޭނިއާގެ ދަރިފުޅު ބެރޮންގެ ސްކޫލްގައި ތައުލީމް ހާސިލްކޮށް ނިމެން ދެން ކަމަށްވެއެވެ. ފަސް މަސް ފަހުން މެލޭނިއާ ވެސް ވައިޓް ހައުސް އަށް ބަދަލުވިއެވެ.
މެލޭނިއާއާ އެކުގައި ކުރިން ވަރަށް ގާތުން މަސައްކަތް ކުރި ސްޓެފަނީ ވޯކޯފް ބުނީ ވައިޓްހައުސްގައި ޓްރަމްޕާއި މެލޭނިއާ ނިދަން ބޭނުން ކުރަނީ ވަކި ދެ އެނދެއް ކަމަށެވެ. އަދި މެލޭނިއާއަކީ ވައިޓް ހައުސްއާ މެދުގައި ވަރަށް ގަޔާވާ މީހެއް ކަމަށް އޭނާ ބުންޏެވެ.
މެލޭނިއާއެކު ކުރިން މަސައްކަތް ކުރި އޮމަރޯސާ މަނިގޯލްޓް ނިއުމަން ބުނީ ޓްރަމްޕާއި މެލޭނިއާގެ ކައިވެންޏަށް ނިމުމެއް އަންނަން އުޅޭ ކަމަށެވެ. އަދި ވައިޓް ހައުސް އިން ނިކުމެވުނުހާ އަވަހަށް ވަރިއަށް އެދޭނެ ކަމަށްވެއެވެ.
މެލޭނިއާ އާއި ޓްރަމްޕްގެ ގުޅުމަށް އެތައް އަހަރެއްވީ ނަމަވެސް އެ ދެމީހުންގެ މެދުގައި މާ ބޮޑު މައްސަލަތަކެއް ނުޖެހޭ ކަމަށްވެއެވެ. އުމުރުން 50 އަހަރުގެ މެލޭނިއާ އާއި 74 އަހަރުގެ ޓްރަމްޕް އެއްވެސް ކަމަކާ ޒުވާބުކޮށް ހަދާފައި ނުވާ ކަމަށްވެސްވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވީ 279 އިލެކްޓޯރަލް ވޯޓް ކަށަވަރު ކުރައްވައިގެންނެވެ. ބައިޑެންއަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އޭނާއާ ވާދަކުރެއްވި އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕަށް ލިބިފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އިންތިހާބުގައި ބޮޑެތި ސިޓީތަކުން ކުރި ހޯދީ ވެސް ބައިޑަންއެވެ.
އޮން ލައިނު ކޮށް ވެސް ކުރެވި ދާނެ
ސިވިލްކޯޓުންހުއްދަނުނަގާވެސްކުރެވިދާނެދައްކަންޖެހޭނީި5000
279 އިލެކްޓޯރަލް ވޯޓެއްނޫން 290 އިލެކްޓޯރަލް ވޯޓު އަލްޖަޒީރާ ނޫސް އޭޖެންސީ....🌏🇱🇷
މަ ހަމަ ދެއަންބަށް އިންނަން ރެޑީ
ހައްހައްހައްހާ.... 😂😂😂😂
ޓްރަމްޕާ މައިކް ޕެންސް އަވަހަށް މަހައްދޭ!
މިތާގަ އެބައިން 3 ސްލޮޓް ހުސްކޮށް!
ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް މިއީ. ޓްރަމްޕް އަންހެނުން ޓްރަމްޕާ އިނީ ފައިސާޔަށް. ޓްރަމްޕަކީ މިހާރުވެސް ބިލިޔަނަރެއް. ޓްރަމްޕް އަންހެނުން ވައިޓްހައުސަށް ބަދަލުވުން ލަސްވުމުގައި އެހެން ކަންކަންވެސް ހުރި. ވައިޓްހައުސްގެ ބައެއްކަންކަން ޓްރަމްޕް ޓަވަރުހާ ފުރިހަމަ ނުވުންވެސް ހިމެނޭ. މިހާރު ޓްރަމްޕަށް ފުލް ސެކިޔުރިޓީ އޮންނާނެ. ޢެމެރިކާގެ ރައީސްކަން ކުރި އެންމެ މުއްސަނދި ބޭފުޅާ ޓްރަމްޕަކީ. ދެން ކޮން ހާސަރުތަކެއް ތިއީ؟
ދެން ބައިޑެންއާއި އިންނަންވީނު އޭރުން ތިތަނުން ނުނިކުމެ އުޅޭވިދާނެ ކޮނމެ އިންތިހާބެއްގަވެސް މިގޮތަށް ކަންތަން ކުރާނީ
މެލޭނިޔާ ވަރިވަނީ ވައިޓްހައުސްގައި އުޅޭހިތުން ބައިޑެން އާ އިންނަން ވެގެން. މެލޭނިޔާ ބުނަން މަށެއް ނީންނާންނަން ހަމަގައިމުވެސް ކަލޭ ކަހަލަ ގުއި ނުދޮންނަ ކާފަރު ހަރުބީއަކާ.
ކަލޯ ތިގޮލާ ގަހެއްގަ ދޮންވެގެން އެލުވިފައޮއްވާ ފެންނާނީދެން!