އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޖޯ ބައިޑެން އަށް މަރުހަބާ އަދި ވިދާޅުނުވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބައިޑެން އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވުމާއި ގުޅިގެން ގިނަ ގައުމުތަކުގެ ވެެރިން ގެންދަވަވަނީ ބައިޑެން އަށް މަރުހަބާ ވިދާޅުވަމުންނެވެ.

ޕޫޓިންގެ ތައުޖަމާނު ޑިމިޓްރީ ޕެސްކޮވް މިއަދު ވިދާޅުވީ، ޕޫޓިން ބައިޑެން އަށް މަރުހަބާ ވިދާޅުނުވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ބައެއް ކަހަލަ ކަންކަން ހުރުމުން ކަމަށެވެ. އަދި ރަޝިއާއިން ބައިޑެން އަކީ އެމެރިކާ ރައީސް ކަމަށް ބަލާނީ އެންމެ ފަހުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެން ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަދި މަޑު ކުރުން. ރައީސް ޕޫޓިން މީގެ ކުރިންވެސް ބުނެފައިވަނީ އެމެރިކާއިން ނިންމާ ނިންމުމަކަށް ތަބާވާނެ ކަމަށް“ ޑިމިޓްރީ ވިދާޅުވެފައި ވެއެވެ..

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވާދަ ކުރައްވައި ބައިޑެން އިންތިހާބު ކާމިޔާ ކުރައްވާފައިވަނީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ރަޝިއާއާއި އެމެރިކާގެ ގުޅުމަކީ 1947 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ހީނަރުވެފައި ވެއެވެ. ވަޖުބް ހާއްސަ ގޮތެއްގައި ޕޫޓިން އާއި ބައިޑެންގެ ގުޅުމަކީވެސް 2014 ވަނަ އަހަރުން ފެށިގެން މާ ރަނގަޅު ގުޅުމެއް ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.