ނޭޓޯއާ ދެކޮޅަށް ހަނގުރާމަކުރަން މިއޮތީ ތައްޔާރަށް ކަމަށް ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާ އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކު ބޮޑު ހަނގުރާމައަކަށްދާކަށް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް އެއްވެސް ބަޔަކު ބޮޑު ހަނގުރާމައަކަށްދާ ބޭނުންވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް" ޕޫޓިން ވިދާޅުވި އެވެ.

މި އަހަރު ކުރީކޮޅު ރަޝިއާގެ އެއާކްރާފްޓްތަކާއި އެމެރިކާގެ ކޯލިޝަން އެއާކްރާފްޓްތަކާ ދެމެދު 23 ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގައި ދިޔައެވެ.

ރަޝިއާއިން ދަނީ ފެށުނީއްސުރެ އެމެރިކާގެ ކޯލިޝަންއާ ރަޝިއާ ދެމެދު ބޮޑު ހަނގުރާމައަކަަށް ގޮސްފިނަމަ މާ ރީތި ނުވާނެކަމަށް ބުނަމުންނެވެ. އަދި ނިކުކުލިއާ ހަނގުރާމައަކަށް ގޮސްދާނެ ކަމަށް އިންޒާރު ވެސް ރަޝިއާއިން ވަނީ ދީފަ އެވެ.

އެހެން ނަމަވެސް އެެމެރިކާއާ ޔޫރަޕުން ދަނީ ޔުކްރެއިންއަށް ބިލިއަން ޑޮލަރުގެ ހަތިޔާރުތައް ކެނޑިނޭޅި ދެމުން ނެވެ. އެގޮތުން އެންމެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމްތަކާއި އަދި ޓޭންކުތައް ވެސް ދަނީ ފޯރުކޮށްދެމުން ނެވެ.

ރަޝިއާއިން ޔުކްރެއިނަށް އަރައިގަތީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތި ޔުކްރެއިންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ޔޫކްރެއިނުން ދަނީ ހުޅަނގުގެ ހަތިޔާރާއެކު ރައްދުދެމުންނެވެ. ނަމަވެސް ފަހަކަށް އައިސް ޔޫކްރެއިނަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.

ހަނގުރާމަ ހުއްޓުމުގެ ފުރުސަތު އޮތް ކަމަށް ޕޫޓިން ވިދާޅުވަމުންދާ އިރު ޔުކްރެއިންގެ ރައީސް ވުލޮޑޮމީރު ޒެލެންސްކީ ވަނީ ކްރައިމިއާ ހިމެނޭ ގޮތަށް ޔުކްރޭންގެ ހުރިހާ ބިމެއް މިނިވަންކޮށްފައި ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ވިދާޅުވަމުން ނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ހަގުރާމައަށް ތައްޔާރުވެގެން ޕޫޓިން އޮތީ ކޮންތާކު؟

    1
    1
  2. Anonymous

    އެމީހުން އެއަށް ހަނގުރާމަ ކިޔާތީ އަޖައިބުވަނީ.
    ބަލަގަ އެމެރިކާ އެއްފަޅީގަ އޮންނާތީ ތޯއްޗެއް ޓެރަރިޒަމޭ ކިޔަނީ. އެމީހުންގެ ނަޒަރުގާ ޓެރަރިޒަމަކީ ޔަހޫދީންނާ ދެކޮަޅަށް މުސްލިމުން އެއްލާ ގާބުރި.
    ހަޤީޤަތަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ދައުލަތަކީ އެމެރިކާކަން. ޢަރަބީންގެ ނިސްބަތުގައި ދެތިން މީހެއް ހިމެނޭ ޔަހޫދީންނަށް ހަތިޔާރުދީ ފަލަސްތީނުގެ މުސްލިމުން މަރަމުން ކަތިލަމުން ބިންގަނޑު ފަސާދަކުރަމުން މިކިޔަނީ ސުލްޙަ ޤާއިމްކުރާށޯ މިކަން މިކުރަނީ. އެހެންކަމުން އަޅުގަނޑު އެމެރިކާއަށް ބަދުނާމުގެ ބަސް ރައްދުކޮށް ޓެރަރިޒަމްގެ އެއްވަނަ މަޤާމު ދެން.