އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް މިހާރު ވެފައި ވުމުން ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ އެންމެ ފަހުން ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ހޮސްޕިޓަލްތަކުގެ އޮފިޝަލުން ދޭން ފަށައިފިއެވެ.

އަންގާރަ ދުވަހު އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވާއިރު ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކޮވިޑް-19 ބަލި މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް އަރާފައެވެ. އަންގާރަ ދުވަހު އެމެރިކާގެ އެކި ސަރަހައްދުތަކުން 65368 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެގެން އިތުރު ފަރުވާ އަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

މީގެ ކުރިން އެންމެ ބޮޑަށް ހާލަތު ގޯސްވި އެމެރިކާގެ ސްޓޭޓް ކަމަށްވާ ނިއުޔޯކްގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށަފައެވެ. އެގޮތުން ރޭގަނޑު 22:00 އިން ފެށިގެން ބާތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައް ބަންދު ކުރަން ނިއުޔޯކްގެ މޭޔަރު މިހާރު ވަނީ ނިންމާފައެވެ.

ޓެކްސަސް އިން ވެސް ބުނީ އެ ސްޓޭޓުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގެ ޖާގަތައް މިހާރު ގާތްގަނޑަކަށް އެއްކޮށް ފުރިފައިވާ ކަމަށެވެ. އެހެންކަމުން ދެން އަދަދުތައް މައްޗަށް ދާނަމަ ގިނަ ބަޔަކަށް ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމަށް ޓެކްސަސްގެ އޮފިޝަލުން ވިދާޅުވެއެވެ. ޓެކްސަސްގައި މިހާރު ސިފައިން ވަނީ ކޮވިޑް-19 ނޫން ބަލިތަކުގެ މީހުންނަށް ފަރުވާ ދިނުމަށް ސެންޓަރުތަކެއް ވެސް ގާއިމު ކޮށްފައެވެ.

އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާގެ ހާލަތު ދެން ރަނގަޅު ކުރެވެން އޮތީ ކޮވިޑް-19 އަށް ވެކްސިނެއް ލިބިގެންނެވެ. އެމެރިކާގެ ބައޯއެންޓެކް އާއި ޖަރުމަންވިލާތުގެ ފައިޒާ ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ކާމިޔާބު ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ. ނަމަވެސް ވެކްސިން އާއްމުކޮށް މީހުންގެ ގަޔަށް ޖަހަން ފެށޭނެ ދުވަހެއް ނޭނގެއެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ވެކްސިނެއް ލިބި އެމެރިކާގެ ހާލަތު ރަނގަޅު ވުމުގެ އުއްމީދެއް އޮތީ އަންނަ އަހަރުގެ ޖަނަވަރީގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިހާކުރުކުޑޭ

    އެވަ ރުންވެސް ޓު ރަމްޕުބުނީ ތިމަންނަ
    ފަޚު ރުވެ ރިވަމޭ !! އެސޮ ރަށް ރައްޔިތުންއެއޮތީ ކުޅިމަސްކާންދީފަ!!

    6
    1
  2. ޅަބޭ

    އެމެރިކާ މީހުނައް ފުރާނަ ދޫކޮއްލަންވެސް ވަރިހަމަވާނެ. އެމީހުންގެ ގައުމިއްޔަތު އެންމެ ރަގަޅައް ނަގަހައްޓައިދިން ރައީސް ޓުރަންޕުވެސް ދޫކޮއްލީވިއްޔާ. އަޅާނުލާ ބައިތިއްބާ އަލަކާން.