ދުނިޔޭގެ ކަންކޮޅުތަކުން 54.6 މިލިއަން މީހުންނަށް ނުރައްކާތެރި ކޮވިޑް-19 ޖެހިފައިވާއިރު މި ބައްޔަކީ ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ބައްޔެއް ކަމަށް ކުރިން ބުނެވުނު ކަމުގައި ވިޔަސް އެއީ މުޅިން ހަގީގަތެއް ނޫންކަން މި ދަނީ އެކި ރިޕޯޓްތަކުން ހާމަވަމުންނެވެ.

އިޓަލީ ގެ މިލާންގައި ހުންނަ ނެޝެނަލް ކެންސާ އިންސްޓިޓިއުޓް (އައިއެންޓީ) އިން ހެދި ދިރާސާ އަކުން ދައްކާ ގޮތުން އިޓަލީގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުން ފެށިގެން ކޮވިޑް-19 ވައިރަސް ފެތުރިފައި ވެއެވެ.

ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިންވެސް ވަނީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޗައިނާގެ ވުހާން އިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރީކޮޅު ފެނުމުގެ ކުރީން ފެނިފައިވާކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.

އިޓަލީ އިން ފުރަތަމަ ކޮވިޑް-19 ބަލި ފެނިގެން ރިޕޯޓްކޮށްފައި ވަނީ ފެބްރުއަކީ 21 ގައެވެ. ނަމަވެސް އައިއެންޓީ ސައިންޓިފިކް މެގަޒިން ޓިއުމޮރީ ޖާނަލް ގައި ބުނީ އިޓަލީގައި ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މި އަހަރުގެ މާރިޗް މަހާއި ހަމައަށް ފުއްޕާމޭގައި ކެންސަރު ހުރިތޯ ބެލުމަށް ކުރި ޓްރައިލް އެއްގައި ބައިވެރިވި 959 މީހުންގެ ތެރެއިން 11.6 އިންސައްތަ މީހުންގެ ގައިން ކޮވިޑް-19ގެ ޖަރާސީމު ފެނިފައި ވެއެވެ.

އެޤައުމުގައި ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19ގެ އެއްވެސް އަލާމަތެއް ނެތިވެސް ބަލީގެ ވައިރަސް ހަށިގަނޑުގެ ތެރޭގައި ހުރެދާނެ ކަމަށް އެނގިފައި ވެއެވެ. އަދި އޭގެ ފަހުން އެޤައުމުގައި ހެދި އެންޓި ބޮޑީ ޓެސްޓު ދިރާސާގައިވެސް 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައިވެސް ކޮވިޑް-19ގެ ވައިރަސް ހަށިގަނޑުގައި ހުރި ފަސް މީހުން ދެނެގަނެވިފައި ވެއެވެ. އެއީ އެމީހުންނަށް ކޮވިޑް-19ގެ އެންޓިބޮޑީސް ޓެސްޓު ހެދިއިރު، އެއަށް އެ ފަސް މީހުންގެ ހަށިގަނޑުވެސް ރިއޭކްޓު ކޮށްފައި ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޯރި

    މިދިޔަ އަހަރު ތިބަލި އެންމެ ބޮޑަށް ފެތުރުނީ އެމެރިކާގަ، އޭރު ކިޔާއުޅުނީ ވޭޕްކުރާ ޒުވާނުންނަށް ގޮތްތަކެއްވަނީއޭ. ޗައިނާގެ ޑޮކްޓަރުން ތިބަލި ދެނެގަތީ.

    16
    1
  2. Anonymous

    ކޯރި ހަމަ ރަނގަޅަށް ތިބުނި. ތިޔަ ސުޓޯރީގަ ދެން ވީގޮތަ ކީ އިއްތިފާގުން އެދުވަސްވަރު ޗައިނާގެ ބެއްވި އެ ކި ގައުމުތަކ ކުގެ އަސް ކަރީ އެށްވުމެްއް، އެމެރި ކާ ވެސް ދިޔެ، އޭގެ ފަހުން ޗައިނާ އިން ތި ކަމެއް ފެންމަތިވެއްޖެ މުޅި ޗައިނާ ހާސް ކަމަ ކަށް ވެއްޓިއްޖެ.ދެން މިއިވެނީ އެމެރިކ ކާގެ ހުދު ގަނޑުވަރުން ފާހަގަ ކުރި އަޑު މީހުންގެ ތުންތުންމަތިންނާ ޚަބަރު ތަ ކުން . ދޭންވާ ކަމަ ކުދާާ ކަށް ނެތެވެ. ސިންގާ ހެދިގެން އުޅުނު ބައިގަޑި ސައިޒްވެ މިހާރު އެއޮތީ އެމީހުންގެ ލޮލަށް އެ ފޭހިފަ. މޯރަލް އޮފް ދަ ހާދިސާ ބަޔަ ކަށް ލަނޑު ދީފަ ވަ ކި އެބަަޔަ ކަށް ވާނެ މޮޅެއް ވެސް ނޯންނާނެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ