އެމެރިކާގެ އާ ރައީސް ޖޯ ބައިޑެންގެ ކެބިނެޓުން ވަޒީރެއްގެ މަގާމު ވެސް އަދި އެހެން މަގާމެއް ވެސް ބޭނުންފުޅު ނުވާކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ބައިޑެންގެ ކެބިނެޓްގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް އޮބާމާ ވިދާޅުވީ އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ބައިޑެން އަކީ އޮބާމާގެ ވެރިކަމުގެ ދެދައުރުގައި ވެސް އޮބާމާގެ ނައިބު ރައީސްއެވެ. އޮބާމާ އާއި މިޝޭލް ވަނީ ބައިޑެން ވެރިކަމަށް ގެންނަން އަމަލީ ގޮތުން ކެމްޕޭންގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ބައިޑެންގެ ކެބިނެޓްގެ މަގާމަށް ވަޑައިނުގަންނަވާނަން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވަނީ ކެބިނެޓްގެ މަގާމަކަށް ވަޑައިގެންފިނަމަ އަނބިކަނބަލުން މިޝޭލް އޭނާ ދޫކޮށްލަފާނެ ކަމަށް ވިދާޅުވެ ޖޯކް ވެސް ޖައްސަވާފައެވެ.

މިޝޭލް ވެސް ވަނީ އޮބާމާ އެމެރިކާގެ ރައީސް ކަމުގައި ހުންނެވިއިރު އަބަދުވެސް ކަންބޮޑުވުމާއި ހާސްކަން ކުރިމަތިވި ކަމަށާއި އެހެންކަމުން ޕްރެޝަރު ބޮޑު ވަޒީފާއެއް ދެން އޮބާމާ އަދާކުރައްވަން ބޭނުންފުޅު ނުވާކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ.

"ބައިޑެން ބޭނުމެއް ނުވާނެ އަޅުގަނޑުގެ ލަފައެއް. އެކަމަކު ބައިޑެން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ. އެކަމަކު މިވަގުތު ވައިޓްހައުސްގައި ނުވަތަ އެހެން ވެސް މަގާމެއް އަދާކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް." އޮބާމާ ވިދާޅުވިއެވެ.

އަންނަ ޖަނަވަރީ މަހު އެމެރިކާގެ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނެ ބައިޑެން މިހާރު ގެންދަވަނީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. ބައިޑެންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވަން ކުރިން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުން އައްޔަން ކުރައްވާނެކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި ވައިޓްހައުސްގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ.

އޮބާމާ އާއި މިޝޭލް މިހާރު ގިނައިން ކުރައްވަނީ ފޮތް ލިޔުއްވުމުގެ މަސައްކަތެވެ. އޮބާމާގެ ފޮތެއް މިހާރު ވެސް ނެރެން ތައްޔާރުވަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅަބޭ

    އޮބާމާ ދެން އެންމެ ރަގަޅަުވާނީ ވަންހަނާކޮއްގެން ތިއުޅުއްވާ ދީން ހާމަކޮއް، ތިމަންނާއަކީ އިސްާމެއްކަމައް އިއުތިރާފުވެ، މުޅި ދުނިޔެއައް އެކަން ހާމަކޮއްދިނުން.

    36
    6
  2. އަމްރިޝްޕޫރީ

    އެމެރިކާގެ ރައީސުންނަކީ ވެރިކަމުގެ ދައުރު ނިއްމާލާފަ ސޯޝަލް ޚިދްމަތްތަކުގައި އުޅުއްވާ ބޭފުޅުން! ދިވެހިންގޮތަށް ވެރިކަމާހެދީ މޮޔަ ބޮލަށް އަރާފަ ތިބޭ ބަޔެއްނޫން!

    44
  3. މުބީނު މާރނީ

    މައުމޫނު ވެސް އަދިވެސް ވެރިކަން ލިބޭ ތޯ. ކެތިބޯދަށުން ލީމާވެސް. ދުނިޔޭގެ 10 ވަނަ އަޖާޢިބު. އަޖާޢިބު އަކަށްވާގޮތަކީ މީހާ ގައިބާރު ދެރަ ވިޔަސް ބޭނުމީ 3 ކަންތައް ކަމަށްވާތީ. ވަރިކަން، ބޮޑުކަން، އަތްގަދަކަން.

    12
    1
  4. ތިކަން ރަންގަޅު

    ފޮތް ލިޔުމުން އަކަމުގެ ފައިދާ އެހެންމީހުނަށް ކުރާނެ

    11
  5. ﷲގެ އަޅާ

    ކޫލަސްޓް ޕްރެޒިޑެންޓް ❤

    12
    1