އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމިއްލަ ޝެފް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މެސަޗޫސެޓްސްގެ ރަށެއްް ކަމަށް މާތާސްގެ ވިނިއާޑްގައި ހުންނަ އޮބާމާ ދިރިއުޅުއްވާގެ ކައިރީގައި ހުންނަ ފެންގަނޑެއްގެ ތެރެއިންނެވެ.

އުމުރުން 45 އަހަރުގެ ތަފަރީ ކޭމްޕްބެލްގެ ހަށިގަނޑު މެސެޗޫސެޓްސް ސްޓޭޓް ފުލުހުންނަށް އިއްޔެ ފެނިފައި ވަނީ ވަނީ ދެކުނު އައްސޭރިފަށުގައި ހުންނަ އޮބާމާގެ ގެ ކައިރީގައި ހުންނަ އެޑްގާޓައުން ގްރޭޓް ޕޮންޑުންނެވެ.

އެމަޖެންސީ ކްރޫންވެސް އޭނާ ހޯދިއެވެ. އެއީ އޭނައެކު އެވަގުތު ހަރަކާތްތެރިވަމުން ދިޔަ މީހަކު އޭނާ ނުފެނިގެން ރިޕޯޓް ކުރުމުންނެވެ. އެއިރު އޭނާ ހޯދަން މަސައްކަތް ކުރި ނަމަވެސް ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގިއިރު، އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ އެ ގޭގައި ނެތެވެ. އޮބާމާގެ ވެރިކަމުގައި ވައިޓް ހައުސްގައި ސޫސް ޝެފެއްގެ ގޮތުގައި ކެމްޕްބެލް މަސައްކަތް ކުރިއެވެ. އޭގެ ފަހުން އޮބާމާގެ ދެކަނބަލުން ގޭތެރޭގައި ގެންގުޅޭ މުވައްޒަފުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

އޮބާމާގެ ދެކަނބަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަކީ އަހަރެމެންގެ ދިރިއުޅުމުގެ ބައެއް ކަމަށާއި އޭނާ މި ދުނިޔެ ދޫކޮށް ދިއުމުން ހިތާމަ ކުރާ ކަމަށެވެ.

އޮބާމާގެ އާއިލާއިން 2021 ވަނަ އަހަރު މާތާގެ ވިނިއާޑްގައި ގާތްގަނޑަކަށް 7،000 އަކަފޫޓުގެ މެންޝަން ގަނެފައިވަނީ ބޮސްޓަން ސެލްޓިކްސްގެ ވެރިޔާ ވައިކްލިފް ގްރޫސްބެކް އަތުންނެވެ.