2024 ވަނަ އަހަރު ނިމުމުން ދެން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރައީސް ކަމުގެ އިތުރު ދައުރެއް މިދިޔަ މާޗް މަހުން ފެށިގެން ފުރައްވަމުން ގެންދަވާ އުމުރުފުޅުން 65 އަހަރުގެ ޕޫޓިން ވިދާޅުވީ ރަޝިއާގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖެހިޖެހިގެން ދެ ދައުރަށްވުރެން ގިނައިން ކުރިމަތި ނުލެވޭނެކަމަށް، އޮތުމާއި އެކު އެ ގާނޫނަށް ތަބާވާނެ ކަމަށެވެ.

ޕޫޓިން ވަނީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރަޝިއާގެ ރައީސްކަން ކުރެއްވުމަށް ފަހު އެ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

މިދިޔަ މާރޗް މަހު ޕޫޓިން ހަވަނަ ދައުރަކަށް ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވިއިރު މިހާރު ވެސް އޭނާ އަކީ ސޯވިއެޓް ޔޫނިއަންގެ ހުދުމުހުތާރު ރައީސް ޖޯސެފް ސްޓާލިންއަށް ފަހު ރަޝިއާގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.

ރަޝިއާގެ ރިޔާސީ އިންތިހާބު ބޭއްވި އިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވެވި ބައެއް ބޭފުޅުން ތިއްބެވީ ތަފާތު މައްސަލަތަކުގައި ޖަލުގައެވެ.

އިންތިޚާބު ކުރިއަށް ދިޔައިރު އަމިއްލަ ބައެއް ޖަމިއްޔާތަކުން އިންތިޚާބު މޮނީޓާ ކުރުމަށް ސަރުކާރުން ހުރަސް އެޅިކަމުގެ ރިޕޯޓްތަކެއް ވެސް ލިބިފައިވާއިރު ރަޝިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޮލޯސް އިން ބުނީ އިންތިޚާބާއި ގުޅޭ 2000 ޝަކުވާ ލިބިފައިވާ ކަމަށެވެ.

1991 ވަނަ އަހަރުގެ އިންޤިލާބަށް ފަހު ރަޝިއާއަށް ހަމަޖެހުން ގެނައި ބޭފުޅަކީ ލަޑީމިއާރ ޕޫޓިން ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ޕޫޓިން ގެ ވެރިކަމުގައި ރަޝިއާގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. ފަޤީރުކަމާއި ވަޒިފާ ނެތުމުގެ މައްސަލަ ވަރަށް ބޮޑުތަން ރަނގަޅުކުރެވުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަ

    ދުނިޔޭގަ ހުރި އެންމެ ހަމަވިސްނޭ، ޤާބިލް ވެރިޔާ. ޒަޔަނިސްޓު ހިޔާލު ނައްތާލަން މަސައްކަތްކުރާ މުސްލިމުންނަށް ހަމައެކަނި އަޅާލާ ބޮޑު ޤަޢުމުގެ ލީޑަރު.

  2. ރާއްޖެތެރޭ ކުއްޖާ

    އަޅުގަނޑުމެންގެ ރައީސް ވެސް ތިހެން ބުނާނެ ނަމަ ދޯ؟